Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ސިޓީ ކައުންސިލްގެ ވަޒީފާތަކަށް ބިދޭސީން ނުނަގަން ނިންމައިފި

މާލޭ ސިޓީ ކައުންސިލްގެ ވަޒީފާތަކަށް ބިދޭސީން ނުނެގުމަށް ނިންމައިފިއެވެ.

މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މި ނިންމުން ނިންމާފައިވަނީ އިއްޔެ ބޭއްވި ކައުންސިލްގެ ޖަލްސާގައި ކަމަށެވެ.

އެ ޖަލްސާގައި މިހާރު މަސައްކަތްކުރާ ބިދޭސީން މަދުކޮށް އެ ވަޒީފާތަކަށް ދިވެހިން ނެގުމަށް ނިންމާފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. އަދި މިގޮތަށް ވަޒީފާ ދޭއިރު، ޒުވާނުންނަށް ވަކި އިންސައްތައެއް ކަނޑައެޅުމަށް ވެސް ކައުންސިލުން ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މާލޭގެ މުނިސިޕަލް މަސައްކަތްތަކުގައި ގިނަ އަދަދަކަށް ބިދޭސީން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.