Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

އިތުރު 94 މީހަކު ކޮވިޑަށް ޕޮޒިޓިވް

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 94 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ 20 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 68 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި ހަ މީހަކު ހިމެނޭ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 85،932 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 1231 ކަމަށްވާއިރު އޭގެތެރެއިން 16 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މި ބަލިން 84،451 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 237 މީހަކު ވަނީ ނިޔާވެފައެވެ.