Last Updated: April 25, 22:42
Friday, April 26, 2024
ވިޔަފާރި

ހަ ލައްކަ ރުފިޔާގެ ފެން ބިލެއް ނުފޮނުވަން: އެމްޑަބްލިޔުއެސްސީ

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އެމާޓްމެންޓަކަށް ހަ ލައްކަ ރުފިޔާގެ ފެން ބިލެއް ފޮނުވާފައިވާ ވާހަކަ އެމްޑަބްލިޔުއެސްސީން ދޮގުކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ނަމަށް ފެން މީޓަރުގެ ރެޖިސްޓްރީ ބަދަލުކޮށް، އެ ކުންފުނިން ބިލް ކުރަމުންދާ ކަމަށާއި ނަމަވެސް ފެން ބިލު އާދަޔާ ހިލާފަށް ބޮޑުވެފައިވާކަން ފާހަގަވާނަމަ، އެ ފްލެޓެއްގެ ވެރިފަރާތަށް ގުޅައި އެކަން އެފަރާތްތަކުގެ ސަމާލުކަމަށް ގެންނަމުންދާ ކަމަށެވެ.

އެގޮތުން ފްލެޓްތަކުގެ ރީޑީން ނަގައި ބިލް ކުރަން ފަށާފައިވީ ނަމަވެސް، އާދަޔާ ހިލާފަށް ފެން ބިލު ބޮޑުވެފައިވާ ފްލެޓް ތަކަށް ބިލު ކޮށްފައި ނުވާނެ ކަމަށާއި މީޑިއާގައި މިހާރު ދައުރުވަމުންދާ ހަ ލައްކަ ރުފިޔާގެ ފެން ބިލަކީ އެކުންފުނިން ފޮނުވާފައިވާ ބިލެއް ނޫން ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މީގެއިތުރުން އެ ކުންފުނިން ވަނީ ފެން ބިލުގެ މައްސަލައެއް އުޅޭކަން ފާހަގަވާނަމަ، ކުންފުނީގެ ހޮޓްލައިން ނަންބަރު 105 މެދުވެރިކޮށް ކޯލް ސެންޓަރަށް ހުށަހެޅުމަށް އެދިފައެވެ.