Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ކުޑަރިކިލަށް އަރާ ފޭބުން މަނާކޮށްފި

ބ. ކުޑަރިކިލު މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭ އިން ކުޑަރިކިލު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު މެންދުރު 14:01 ގައެވެ. ކުޑަރިކިލު މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ ކޮވިޑް-19 ގެ ކޭސްތަކެއް އެ ރަށުން ފެނުމާ ގުޅިގެންނެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވް ކޭސްތަކުގެ ޑައިރެކްޓް ކޮންޓެކްޓުން ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ކުޑަރިކިލި އަށް އަރާ ފޭބުން މަނާވާނެ ކަމަށެވެ.

ކުޑަރިކިލު ހިމެނޭހެން 15 އަށް ވުރެ ގިނަ ރަށް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.