Last Updated: April 26, 15:47
Friday, April 26, 2024
ޓެކްނޮލޮޖީ

ފޭސްބުކްގެ ނަން ބަދަލުކުރަނީ

މަޝްހޫރު ސޯޝަލް މީޑިއާ ކުންފުނި ފޭސްބުކުގެ ނަން ބަދަލުކުރުމަށް ނިންމައިފިއެވެ.

ފޭސްބުކުގެ ނަން ބަދަލުކުރަން ނިންމާފައިވަނީ އެކުންފުނި ރީބްރޭންޑް ކުރުމުގެ ޕްރޮޖެކްޓުގެ ދަށުންނެވެ.

'ދަ ވާރޖް' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފެށޭ ހަފްތާގައި ފޭސްބުކުގެ ނަމަށް ގެނެވޭ ބަދަލު އިއުލާންކުރެވޭނެއެވެ. އަދި ފޭސްބުކުން ތައާރަފްކުރާ 'މެޓަވާސް' އާ ފޭސްބުކުގެ އާ ނަމާ ގުޅުމެއް އޮންނާނެކަމަށް ވެސް 'ދަ ވާރޖް'އިން ރިޕޯޓް ކޮށްފައިވެއެވެ.

މި ބަދަލާ ގުޅޭގޮތުން އިތުރު މައުލޫމާތު ފޭސްބުކުގެ އަހަރީ ކޮންފަރެންސްގައި މާކް ޒަކަބާގް ހިއްސާކުރައްވާނެކަމަށް ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް މިކަމާ ގުޅޭގޮތުން ރަސްމީކޮށް ފޭސްބުކުން އަދި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.