Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

"ފްރެންޑްސް" ގެ ގަންތާ މަރުވެއްޖެ

އެމެރިކާގެ މަޝްހޫރު ސީރީޒް "ފްރެންޑްސް" ގައި ފެނިގެންދިޔަ ގަންތާގެ ރޯލު ކުޅެދިން ޖޭމްސް މައިކަލް ޓައިލާ މަރުވެއްޖެ އެވެ.

އުމުރުން 59 އަހަރުގައި ޓެއިލާ މަރުވީ ޕްރޮސްޓޭޓު ކެންސަރަށް ފަރުވާ ހޯދަމުންދަނިކޮށް އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ.

2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓެއިލާ އަށް ކެންސަރު ޖެހިފައިވާއިރު، ފަހުން ވަނީ ހަށިގަނޑުގެ އެކި ކަށިތަކަށް ކެންސަރު ފެތުރިފައެވެ. ޓެއިލާ މަރުވިއިރު ހުރީ ޕްރޮސްޓޭޓު ކެންސަރުގެ ހަތަރުވަނަ ސްޓޭޖުގަ އެވެ.

ފްރެންޑްސްގައި ކުޑަ ރޯލަކުން ބެލުންތެރިންގެ ލޯބި ހޯދާފައިވާ ޖޭމްސް އެންމެފަހުން ފެނިގެން ގޮސްފައިވެސް ވަނީ މިދިޔަ މަހު ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ފްރެންޑްސް ރީޔުނިއަންގައެވެ.

"ފްރެންޑްސް" ގައި ސެންޓްރަލް ޕަރކް މެނޭޖަރުގެ ގޮތުގައި ޓެއިލާ ވަނީ އެ ޝޯގެ 10 ސީޒަނުގައި ވެސް ފެނިގެން ގޮސްފައެވެ.

ފްރެންޑްސްގައި ކުޑަ ރޯލަކުން އާންމުންގެ މަގުބޫލުކަން ހޯދި ޓެއިލާ އެންމެފަހުން ފެނިގެން ގޮސްފައިވެސް ވަނީ ފްރެންޑްސް ރީޔުނިއަންގައެވެ.