Last Updated: December 2, 22:38
Thursday, December 2, 2021
ދުނިޔެ

ދެ ހަފްތާ އަށް އަރާމު ކުރައްވަން ރާނީ އަށް އަންގަވައިފި

އިނގިރޭސި ރާނީ އެލިޒަބަތުގެ ހާލުކޮޅު ހުރި ގޮތުން ދެ ހަފްތާ އަށް އަރާމު ކުރެއްވުމަށް ޑޮކްޓަރުން އަންގަވައިފިއެވެ.

ބަކިންހަމް ޕެލެސް އިން ބުނީ ރާނީ އެލިޒަބެތު އިތުރު ދެ ހަފްތާގެ ބެޑް ރެސްޓެއް ނެންގެވުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށެވެ. އަދި އެއްވެސް އިވެންޓެއްގައި ބައިވެރިވާނަމަ، އޮންލައިންކޮށް ބައިވެރިވާން ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ދެ ހަފްތާ އަށް އަރާމު ކުރައްވަން އެންގެވުމުން އިނގިރޭސިވިލާތުގައި ފެށުމަށް ހަމަޖެހިފައިވާ އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް26) ގައި ރާނީ އަށް ބައިވެރިވެ ވަޑައިނުގަނެވޭނެއެވެ. އެގޮތުން މިހާރު ހަމަޖައްސާފައިވަނީ އެ ސަމިޓުގައި ރާނީ ވީޑިއޯ މެސެޖެއް ހިއްސާކުރާ ގޮތަށެވެ.

އިނގިރޭސި ރާނީގެ ހާލުކޮޅު ހުރި ގޮތުން މީގެ ދުވަސްކޮޅެއް ކުރިން އެކަމަނާ އަށް ހޮސްޕިޓަލުގައި ވެސް ފަރުވާ ދީފައިވެއެވެ. ރާނީ ވަނީ ދާދިފަހުން ނޮދަން އަޔަލޭންޑަށް ކުރައްވަން ހަމަޖައްސާފައި އޮތް ރަސްމީ ދަތުރުފުޅު ވެސް ކެންސަލް ކުރައްވާފަ އެވެ.