Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

2030ގެ ކުރިން ގްރީންހައުސް އެމިޝަން 50 އިންސައްތަ ދަށްކުރާނަން: ނިއުޒިލެންޑް

2030 ވަނަ އަހަރުގެ ކުރިން ގްރީންހައުސް އެމިޝަންތައް 50 އިންސައްތައަށް ދަށްކުރާނެކަމަށް ނިއުޒިލެންޑުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންޑާ އާޑެންގެ މި އަމާޒު ހާމަކުރައްވާފައިވަނީ އެ ގައުމުގެ ކްލައިމެޓް ޗޭންޖް މިނިސްޓަރު ޖޭމްސް ޝޯއާއެކު ނެރުއްވި ޖޮއިންޓް ސްޓޭޓްމެންޓެއްގައެވެ.

މީގެއިތުރުން، ޖަސިންޑާ އާޑެން ވިދާޅުވީ، ނިއުޒިލެންޑަކީ ކްލައިމެޓް ޗޭންޖްގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރާނެ ގައުމެއް ކަމަށާއި، މިކަމުން ރެކުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. ހަމައެހެންމެ، ވަށައިގެން ކަނޑު އޮތް ގައުމަކަށް ނިއުޒިލެންޑު ވުމާއެކު، އިގްތިސާދުގެ މައި ނާރެހަކީ ބިމުގައި ކުރާ އިގްތިސާދީ މަސައްކަތްތައް ކަންވެސް ޖަސިންޑާގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ނިއުޒިލެންޑުގެ ސަރުކާރުން ވަނީ ޒީރޯ ކާބަން އެމިޝަންގެ އަމާޒު ހާސިލުކުރުމަށްޓަކައި ގިނަ ޕޮލިސީތައް ތައާރަފްކޮށްފައެވެ. އަދި 2025ގެ ކުރިން ޕަބްލިކް ސެކްޓަރ ކާބަން ނިއުޓްރަލް ކުރުމަކީ އެ ސަރުކާރުގެ އަމާޒެކެވެ.