Last Updated: June 22, 18:06
Monday, June 23, 2025
ޚަބަރު

އިތިއޯޕިއާގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފި

އިތިއޯޕިއާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮޮށްފައިވަނީ މިނިސްޓަރުންގެ ކައުންސިލުންނެވެ. އަދި މިއީ އެގައުމުގެ ސަރުކާރާ ދެކޮޅަށް ބަޣާވާތްކުރަމުން އަންނަ ޖަމާޢަތުން އިތިއޯޕިއާގެ ބައެއް ސަރަހައްދުތައް ހިސޯރުކުރުމުގެ ސަބަބުންކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

އިތިއޯޕިއާގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގެ ސިފައިން އަންނަނީ ހިސޯރުކުރެވުނު ސަރަހައްދުތަކުގެ ކޮންޓްރޯލް އަނބުރާ ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.