Last Updated: July 10, 09:36
Thursday, July 10, 2025
ދުނިޔެ

އަވަހާރަކޮށްލަން ދިން ހަމަލާއަކުން އިރާގުގެ ބޮޑުވަޒީރު ސަލާމަތްވެއްޖެ

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީ--

އަވަހާރަކޮށްލަން ދިން ހަމަލާއަކުން، އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީ ސަލާމަތްވެއްޖެއެވެ.

ބޭރުމީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ބޮޑުވަޒީރު މުސްތަފާ އަވަހާރަކޮށްލުމަށް ހަމަލާދީފައިވަނީ ޑްރޯންގައި ގޮވާތަކެތި ހަރުކޮށްގެނެވެ.

ވެރިރަށް ބަޣުދާދުގައި ހުންނަ ރަސްމީގެކޮޅުގައި ދިން މި ހަމަލާގައި ބޮޑުވަޒީރު މުސްތަފާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މިހަމަލާއަށްފަހު ޓީވީ މެދުވެރިކޮށް މުހާތަބު ކުރައްވަމުން ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީ ވިދާޅުވީ ފިނޑި ހަމަލާތަކެއް ދިން ނަމަވެސް ޤައުމު އާރާސްތުކޮށް ޤައުމު ބިނާނުކުރެވޭނެކަމަށެވެ. އަދި ސުލްހަވެރިކަން އިސްކުރުމަށްވެސް ގޮވާލައްވާފައިވެއެވެ.