Last Updated: July 13, 11:58
Sunday, July 13, 2025
ވިޔަފާރި

އެމްއޭސީއެލްގެ ސީއޯއޯއަކަށް އިނގިރޭސި ރައްޔިތެއް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޗީފް އޮޕަރޭޓިން އޮފިސަރަކަށް އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ޑެރެން ވިލިއަމްސް އައްޔަންކޮށްފިއެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި ޑެރެން އަކީ އެއާޕޯޓުތައް ހިންގުމުގެ ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ އަދި އެއާޕޯޓް ކޮމްޕްލަޔަންސް މެނޭޖުމެންޓް އަދި އެއާޕޯޓް ސާވިސަސްގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށެވެ.

ފާއިތުވި 10 އަހަރު ޑެރެން މަސައްކަތްކުރެއްވީ ދުބާއީ އެއާޕޯޓުގެ އެއާސައިޑް އޮޕަރޭޝަންސްގެ ވައިސް ޕްރެޒިޑެންޓުގެ ގޮތުގައި ކަމަށާއި އޭނާ އަކީ އިނގިރޭސިވިލާތުގެ އެއާޕޯޓުތަކުގައި ވެސް މަސައްކަތްކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ފަރާތެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އެމްއޭސީއެލްގެ ސީއޯއޯ އަކަށް އިނގިރޭސި ރައްޔިތެއް އައްޔަންކޮށްފައިވާއިރު އެ ކުންފުނީގެ ސީއީއޯއަކަށް ވެސް ހުންނަވަނީ އިނގިރޭސި ރައްޔިތެކެވެ.