Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

އިކުއެޑޯގެ ޖަލެއްގެ މާރާމާރީ ހިންގައި 68 ގައިދީން މަރުވެއްޖެ

އިކުއެޑޯގެ ޖަލެއްގެ މިދިޔަ ހުކުރު ދުވަހު ގައިދީންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި 68 ގައިދީން މަރުވެއްޖެ އެވެ.

އިކުއެޑޯގެ ކަމާބެހޭ ފަރާތްތަކުން ބުނިގޮތުގައި އެ މާރާމާރީގައި 68 ގައިދީން މަރުވުމުގެ އިތުރުން 25 ގައިދީއަކަށް އެކިވަރުގެ އަނިޔާތެއް ލިބިފައިވާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ފެށި މި މާރާމާރީއާ ގުޅިގެން ފުލުހުން ޖަލަށް ވަދެ ބަލައި ފާސްކުރިއިރު ބަޑި އާއި ގޮވާ ޒާތުގެ ތަކެތި ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިކުއެޑޯގެ ޖަލެއްގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް މިފަދަ މާރާމާރީއެއް ހިނގާފައިވެއެވެ. އެގޮތުން ދެ ގޭންގެއްގެ މެދުގައި ހިނގި އެ މާރާމާރީގައި 119 ގައިދީން މަރުވެފައިވެއެވެ. މިއަހަރުގެ މިހާތަނަށް އިކުއެޑޯގެ ޖަލުތަކުން ގާތްގަނޑަކަށް 300 ގައިދީން ވަނީ މަރުވެފައެވެ.

އިކުއެޑޯގެ ޖަލުތަކުގައި ޖާގަ އަށް ވުރެ އިތުރަށް 9،000 އަށް ވުރެ ގިނަ ގައިދީން ތިބިއިރު، ޖަލުތަކުން ގައިދީން މަދުކުރުމުގެ ގޮތުން މިދިޔަ މަހު ވަނީ 2،000 ގައިދީންނަށް މައާފު ދީ ދޫކޮށްލާފައެވެ.