Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

"ލަމަސީލް ޒުވާނާ" ކޭމްޕް މި ފަހަރު އައްޑޫގައި

‘ލާމަސީލު ޒުވާނާ ކޭމްޕް’ ހިންގުމަށް އެއްބާރުލުން ދިނުމާއި އެހީތެރިކަން ފޯރުކޮށްދީ އެކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އައްޑޫ ސިޓީ ކައުންސިލާއި ދިވެހި ފުލުހުންގެ ޚިދުމަތާއިމެދު އެއްބަސްވެވޭ ފަހުމުނާމާގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

ޒުވާނުންނަކީ ޤައުމިއްޔަތާއި ދީނަށް ލޯބިކުރާ، ބަޔަކަަށް ހެދުމަށް ފުލުހުންނާއި ޔޫތް މިނިސްޓްރީއާ ގުޅިގެން ބާއްވާ "ލާމަސީލް ޒުވާނާ" ކޭމްޕް މި އަހަރު އައްޑޫގައި ބާއްވާން ނިންމައިފި އެވެ.

މިއަހަރުގެ ލާމަސީލް ޒުވާނާ ކޭމްޕް އިފްތިތާހްކުރުމަށް އިއްޔެ ބޭއްވި ރަސްމިޔާތުގައި މި ހަރަކާތް ކުރިއަށް ގެންދިއުމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވެެއްގައި ފުލުހުންނާއި ޔޫތް މިނިސްޓްރީ އާއި އައްޑޫ ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ލާމަސީލް ޒުވާނާ ކޭމްޕަކީ ޢުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން، ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ކޭމްޕްގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮންނަނީ ޒުވާނުންނަކީ މަސައްކަތު މާހައުލަށް ޝައުޤުވެރި، މަސައްކަތުގެ އަޚުލާޤު ދަމަހައްޓާ، އަދި ނަމޫނާ ބަޔަކަށް ހެދުމެވެ.

ދެ ޖިންސްގެ ޒުވާނުންނަށްވެސް ބައިވެރިވެވޭ ގޮތައް ކުރިއަށްދާ މި ކޭމްޕްގައި ބައިވެރިވުމަށް އާއްމުކޮށް ހުޅުވާލާނެ އެވެ.
މިދިޔަ އަހަރު މި ކޭމްޕެ ކުރިއަށްގެންދިޔައީ ދ.ވާނީގަ އެވެ.