Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އޮސްޓްރިއާގައި ވެކްސިން ނުޖަހާ މީހުން ފުރަބަންދު

ހުޅަނގު ޔޫރަޕުގެ ގައުމެއް ކަމަށްވާ އޮސްޓްރިއާގައި ވެކްސިން ނުޖަހާ ތިބި މީހުން ލޮކްޑައުން ކޮށްފިއެވެ.

އެ ގައުމުގައި ވެކްސިން ނުޖަހާ 2 މިލިއަނަށްވުރެ ގިނަ މީހުން ތިބިއިރު، މި މީހުންނަށް ބޭރަށް ނުކުމެވޭނީ ޒަރޫރީ ބޭނުމަކަށް އެކަންޏެވެ. އެގޮތުން މަސައްކަތަށް ދިއުމަށާއި އަސާސީ ބޭނުމަށް ވިޔަފާރި ކުރުމަށް އެމީހުންނަށް ބޭރަށް ނުކުމެވޭނެއެވެ.

އޮސްޓްރިއާގެ ޗާންސެލަރު އެލެކްސެންޑްރާ ވިދާޅުވީ، މިއީ މިވަގުތަކަށް މުހިންމު ނިންމުމެއް ކަމަށާއި، ވެކްސިން ފުރިހަމަ ކޮށްގެން ތިބި މީހުން ދެނެގަތުމަށް ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ. މި ނިންމުމާއި ދެކޮޅަށް ވެކްސިން ނުޖަހާ ބައެއް މީހުން މުޒާހަރާ ކޮށްފައިވާއިރު، މީގެ ކުރިންވެސް އެމީހުންނަށް ގިނަ ޚިދުމަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތި ލާންޖެހުނެވެ.

އޮސްޓްރިއާގެ ވެކްސިން ޖެހޭ އާބާދީގެ 65 އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. ނަމަވެސް ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ފިޔަވަޅުތައް ހަރުކަށި ކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.