Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

އެމްޑީޕީގެ 65 މެމްބަރުން މަޖިލީހުގައި ކުރަންވީ ކަމަކީ ފައިގަ ގިގުނި އަޅައިގެން ކަތަކްޑާންސްކުރުން: ޝިޔާމް

އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 65 މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ކުރައްވަންވީ ކަމަކީ ފައިގަ ގިގުނި އަޅައިގެން ކަތަކްޑާންސް ކުުރުން ކަމަށްވިދާޅުވި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަޖެޓަށް ބަހުސްކުރައްވަމުން ޝިޔާމް ވިދާޅުވީ މިހާރު ހުށައަޅާފައި އޮތް ބަޖެޓްގައި 12.6 ބިލިއަން ރުފިޔާ އަންނަ އަހަރު ދަރަންޏަށް އިތުރުވާނެ ކަމަށް އޮތް ނަމަވެސް 2022 ވަނަ އަހަރު ނިމޭއިރު 15 ބިލިއަނަކަށްވުރެ އެ އަދަދު ދަށްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެން ކަމުން ފަސް އަހަރު ނިމޭއިރު މި ސަރުކާރުން އުފެއްދި ދަރަނި ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރާ އަޅާބަލާއިރު 90 ޕަސެންޓް އިތުރުވެގެންދާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. ދަރަނި އެހާ ބޮޑު ވެގެންދާއިރު ރައްޔިތަކަށްކޮށްދިން ކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

" އެހެންވީމަ ފިނޭސް މިނިސްޓަރާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 65 މެމްބަރުން ފައިގަ ގިގުނި އަޅައިގެން މިތާގަ ކަތަކް ގާންސް ކުރަންވީ. ލައްޑޫ ކައިގެން އެވެސް. ކަތަކް ޑާންސްކުރަންވީ. އޭރުން އަޅުގަނޑަށް ހީވަނީ ރައްޔިތުންނަށް ބަލަންފަސޭހަވާނެ ޔަގީނުންވެސް. ނަށާތަން ބަލަން ފަސޭހަވާނެ،" ޝިޔާމް ވިދާޅުވި އެވެ

.

ބަޖެޓް ދިރާސާކުރާ ކޮމެޓީގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ ޝިޔާމް ވިދާޅުވީ އެ އޯތޯރިޓީގެ ޝަކުވާތައް އޮތީ ފުނިޖެހިފައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން މީގެ ކުރިން މިނިސްޓްރީތަކުން ކުރިި ކަންކަން ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައި އެކަމަށް ބޭނުންވާ ބޭނުންވާ ފައިސާ ކައުންސިލްތަކަށް ކަނޑައަޅާފައި ނެތް ކަމަށެވެ.

"ކައުންސިލްތަކުގައި މިއަދު މީހަކު ނަގާނެ ބަޖެޓުވެސް ނެތް. ކައުންސިލްތައް ފޮޅާސާފުކޮށްލާ މީހާއަށްދޭން ބަޖެޓެއް ނެތް. އިއްޒަތްތެރި ރައީސް، މިސްކިތް ފޮޅާ ސާފުކުރާ މީހާއަށްދޭނެ މުސާރައެއް ނެތް. ކިހިނެތް މި ހެދީ. ލާމަރުކަޒީ ގާނޫނު ގެނެސްފައި ބްލޮކްގްރާންޓެއްގެ ވާހަކަ ދައްކާފައި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވީ،" ޝިޔާމް ވިދާޅުވި އެވެ.

ނައިފަރު ދާއިރާއަށް މި އަހަރު ކަނޑައަޅާފައިވަނީ ހަ މިލިއަން ރުފިޔާ ކަމަށް ވިދާޅުވެ ސަރުކާރުން ކުރާ އެހެނިހެން ހަރަދުތަކަށް އެއަށްވުރެ ގިނަ ހަރަދުތައް ކުރާ ކަމަށް ވިދާޅުވެ އެކަމަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.