Last Updated: July 6, 22:22
Monday, July 7, 2025
ވިޔަފާރި

ޖޫރިމަނާގެ ގޮތުގައި 182 މިލިއަން ރުފިޔާ

ޖޫރިމަނާގެ ގޮތުގައި މިމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް 182 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ޖޫރިމާނާގެ ގޮތުގައި ދައުލަތަށް 182 މިލިއަން ރުފިޔާ ލިބިފައިވާ އިރު, މިދިޔަ އަހަރު އެ މުއްދަތުގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބުނީ 131.9 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ބަޖެޓުގައި ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި އޮތީ 43.9 މިލިއަން ރުފިޔާއެވެ.

ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައި މިވަނީ ބެލެވޭ ގޮތުގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވެގެން ގިނަ ބަޔަކު ޖޫރިމަނާ ކޮށްފައިވާތީއެވެ.

މާލީ ހިސާބުތައް ދައްކާ ގޮތުން ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި 2.2 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ލިބުނީ 519 މިލިއަން ރުފިޔާއެވެ.