Last Updated: April 18, 16:50
Thursday, April 18, 2024
ރިޕޯޓް

ސަރުކާރަށް ތިން އަހަރު: ދޭނީ "އޭ" ރިޕޯޓެއްތަ ނޫނީ "އެފް" ރިޕޯޓެއްތަ؟

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް މިއަދު ތިން އަހަރުވީއިރު ސަރުކާރާމެދު ރައްޔިތުން ދެކޭ ގޮތް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. ސަރުކާރުގެ ކާމިޔާބީ ފާހަގަކުރާ މީހުން އެމީހުން ދައްކަނީ ހުސް ސަރުކާރުން ކުރި މޮޅު ވާހަކަ އެވެ. އެއާ ހިލާފަށް އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ނުކުރެވިހުރި ކަމެއްވިއްޔާ ފާހަގަކުރެ އެވެ.

މުޑަދާރު ތިން އަަހަރު؟

ސަރުކާރާ އިިދިކޮޅު ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވެ ފާއިތުވި ތިން އަހަރަކީ "މުޑުދާރު" ތިން އަހަރެވެ. ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ ފާއިތުވި ތިން އަހަރަކީ އިސްލާމީ ކަންކަމުގައި ފަރުވާކުޑަ ތިން އަހަރު ކަމަށެވެ.

  • އިސްލާމީ ވަހްދަތު ހިމާޔަތްކުރުމުގައި ފަހަތައް ޖެހުނު ތިން އަހަރު

އިދިކޮޅު ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ފާއިތުވި ތިން އަހަރު ސަރުކާރުގެ ތެރެއިން ފެނުނީ އިސްލާމް ދީނަށް އިހްތިރާމްކުރުން ކުޑަ ކުރުމާއި އިސްލާމީ ޝިޔާރު އުފުލުމުގައި ފަސް ޖެހިފައިވާ ތަނެވެ. ހަމަ އެއާއެކު އިސްލާމީ ވަހްދަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތް ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް އިިދިކޮޅު ފަރާތްތަކުން ފާހަގަކުރެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން – ފޮޓޯ: ޕީޕީއެމް

"އަޅުގަނޑުމެނަށް ފާހަގަ ކުރެވިގެން ދިޔައީ އެމްޑީއެން އާއި އުތަމަ ރިޕޯޓް ނެރުނު ފަރާތްތަކާމެދުވެސް ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް އެޅުމެއް ނެތި އަދި އެ ފަރާތްތަކަށް ސަރުކާރުގެ މަތީ ވަޒީފާތައް ދީފައި ތިބިތަން،" އިދިކޮޅު ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

ސަލްމާން މިސްކިތް– ފޮޓޯ: އަވަސް އޮންލައިން

މީގެ އިތުރުންވެސް އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމަށް ހަރަކާތްތަކެއް ހިންގާތަން ނުފެންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

"ރައީސް ޔާމިން ޒައާމަތުގައި ސަލްމާން މިސްކިތް އަޅުއްވާފައިވާ ގާތްގަނޑަކަށް ނިންމަވާ މިހާތަނަށް އައިރުވެސް، އިސްލާމީ ހަޞާރާތު ފެތުރުމަށް އެންމެ މުހިންމު ތަނަކަށް ހެދޭނެ ބިނާކަމުގައި ހެދޭނެ އެއްތަނުގައި ވެސް ބޭނުން ނުހިފި، އަދި ހަމަ އެއާއެކު ޑރ.އަފްރާޝީމްގެ ހަނދާނުގައި ބިނާކުރި މިސްކިތްވެސް، ރައީސް ޔާމިންގެ ޒައާމަތުގައި ނިމި މިހާތަނަށް އައިރުވެސް އެތަންވެސް ހުޅުވައިގެން އެތަނުގައިވެސް އިސްލާމީ ޝިއާރު ފާޅުކުރުމުގައި މީހުން ހޭލުންތެރިކުރުމުގެ އެއްވެސް މަސައްކަތެއް ނުކޮށް އެތަންތަން އެރތަން ތަން ވީރާނާ ވާ ހިސާބަށް ގޮސްފައިވާ މަންޒަރު (މި ފެންނަނީ)" ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި އެވެ.

 

  • ދައުލަތުގެ ދަރަނި ބޮޑުވެ އިގުތިސާދު ނުރައްކަލެއްގަ؟

 
އިދިކޮޅު ފަރާތްތަކުން ދެން ފާހަގަކުރާ އަނެއް ކަމަކީ ދައުލަތުގެ ދަރަނި ބޮޑުވަމުން ދިއުމާއި ރާއްޖޭގެ އިގްތިސާދު ނުރައްކަލައް ވެއްޓުމެވެ. އިދިކޮޅު ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ރާއްޖެ 90 ބިލިއަނުން ދަރަނިވެ އިގުތިސާދަށް ނުރައްކަވަމުންދާކަން ބޭރުގެ ފަރށތްތަކުން ދަނީ އިޝާރާތް ދެމުންނެވެ.

"ބޭރުގެ އެއްވެސް އިންވެސްޓަރަކަށް ރާއްޖެއަށް އިތުބާރެއް ނެތް ކަން އަޅުގަނޑުމެނަށް އެނގިގެންދަނީ އެއްވެސް އިންވެސްޓަރެއް ރާއްޖެއައިސް އިގްތިސާދު ރަނގަޅުވާނެ އެއްވެސް ކަމެއް ކޮށްފައިނުވާތީ. ހަމައެއާއެކު ޑޮލަރުގެ އަގު ކަޅުބާޒާރުގައި ހުރީ 17 ރުފިޔާއާއި 18 ރުފިޔާއާ ދެމެދު. އޭގެ މާނައަކީ އަޅުގަނޑުމެންގެ ދިވެހި ރުފިޔާގެ އަގު މިހާރު ވަރަށް ބޮޑަށް ދަށަށް ދިޔައީ އޭ. އޭގެ ނަތީޖާއަކަށްވާނީ ރާއްޖޭގެ މުދަލުގެ އަގު މައްޗަށް ދިއުމާއި އިންފްލޭޝަން މައްޗަށް ދިއުން،" ސަރުކާރާ އިދިކޮޅު ފަރާތްތަކުން ފާހަގަކުރެ އެވެ.

ކޮވިޑާއި ގުޅިގެން މީހުންގެ ވަޒީފާތައް ގެއްލުމުން އެމީހުނަށް ރަނގަޅުގޮތެއް ހޯދާދީ ވަޒީފާ ހޯދާދޭން ސަރުކާރުން މަސައްކަތެއް ނުކުރާ ކަމަށާއި މަސްވެރިން ބާނާ މަހައް ހަމައަގު ނުލިބުމާއި ދަނޑުވެރިން ހައްދާ ތަކެއްޗަށް ރަނގަޅު މާކެޓެއް ފާއިތުވި ތިން އަހަރު ނުލިބޭ ކަމަށް އެ ފަރާތްތަކުން ފާހަގަކުރެ އެވެ.

ހިޔާ ފްލެޓް– ފޮޓޯ: މިހާރު

އޭގެ އިތުރުން ރާއްޖެއިން އަތުލައިގަންނަ މަސްތުވާތަކެތި އިތުރުވެގެން ދިއުމަކީވެސް ސަރުކާރަށް ފާޑުކިޔުން އަމާޒުވާ އެއް މަސައްލަ އެވެ. އިދިކޮޅު ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް އަދި "އެންމެ ގާ ކޮޅެއްވެސް" ނުބާއްވަ އެވެ. އޭގެ ބަދަލުގައި ރައީސް ޔާމިންގެ ސަރުކާރުން އެޅި ފްލެޓްތަކަށް މީހުން ވަނަ ނުދީ ކުރީ ޖެއްސުމެވެ.

ބޭރުގެ ސިފައިން ރާއްޖޭގައި ތިބުން ގައުމީ ސަލާމަތައް އޮތް ނުރައްކާ

  • އިދިކޮޅު ފަރާތްތަކުން މި ވަގުތު އެންމެ ބޮޑަށް ދައްކަމުންދާ އެއް ވާހަކައަކީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމެވެ. އަދި އެ ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި އެއީ ގައުމަށް އޮތް ބޮޑު ނުރައްކަލެވެ. މިހާތަނަށް ރާއްޖޭގައި 75 ސިފައިން ތިބިކަން ދިވެހި އަޝްކަރިއްޔާގެ ފަރާތުން ސާފުވެފައިވާއިރު އިތުރު ސިފައިން ރާއްޖޭގައި ތިބިކަމަށް އެ ފަރާތްތަކުން ތުހްމަތުކުރެ އެވެ. އަދި ބޭރުގެ ސިފައިން ތިބި މައްސަލައިގައި ސަރުކާރުން ދައްކާ ވާހަކަތައް އެކި ފަހަރު އެކި ގޮތައް ދައްކާ ކަމަށް އިދިކޮޅު ފަރާތަކުން ދަނީ ބުނަމުންނެވެ.

    އޭގެ އިތުރުން މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާނެ ކަމަށް ވައުދުވި ނަމަވެސް ތިން އަހަރުވީ ސަރުކާރަށް އެކަން ބެލިފައި ނެތްކަން ބައެއް ފަރާތްތަކުން ފާހަގަކުރެ އެވެ.

    ސަރުކާރަށް އޭ ރިޕޯޓެއް؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން ފާހަގަކުރާ ކަންކަމަށް ސަރުކާރުން ރައްދު ދެނީ ވެސް ކޮށްފައި ހުރި ކަންކަމުންނެވެ. ސަރުކާރަށް އޭ ރިޕޯޓެއް ދޭ މީހުން މީގެ ކުރިން ނުކޮށްހުރި އެތައް ކަމެއް ސަރުކާރުން ކުރިކަން ފާހަގަކުރެ އެވެ. އެކަން ރައީސް ސޯލިހް ވަނީ ނޮވެމްބަރ 11 ވަނަ ދުވަހުގެ ރަސްމީ ޖަލްސާގައިވެސް ފާހަގަ ކުރައްވާފަ އެވެ. ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ ގޮސްފައިވާ ހިސާބަކީ ފަހްރުވެރިވާން ޖެހޭ ހިސާބެެއް ކަމަށް ސަރުކާރުންކޮށްދިން ކަންކަން ބަލައިގަންނަ މީހުން ބުނެ އެވެ.

 

  • ތައުލީމަށް ބޮޑު އިންގިލާބީ ބަދަލުތަކެއް

 
މި ސަރުކާރުން ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މިހާރު އޭ-ލެވެލް އަށް ކިޔަވައިދެވޭނެ އިންތިޒާމް ހަމަ ޖެއްސުމަށް ސަރުކާރު ހަވާލުވިރު އޭލެވެލް ނަހަދާ އަތޮޅުތަކުގައި އޭލެވެލްއަށް ކިޔަވަދޭން ފަށާފަ އެވެ. އޭގެ އިތުރުން އެންމެ ބޮޑު އެއްކަމެއް ގޮތުގައި މިދާއިރާއިން ފާހަގަކުރަނީ ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށުމާއި ސްޓޫޑަންޓް ލޯން ސްކީމް ފުޅާކޮށް ކުދިންގެ ތައުލީމަށް ސަރުކާރުން ކުރަން ފެށި ބޮޑު ހޭދަ އެވެ.

" އެއް ދަންފަޅީގެ ތަޢުލީމީ ނިޒާމަށްޓަކައި، 1000 އަށްވުރެ ގިނަ ކްލާސްރޫމްގެ މަސައްކަތް ހިނގަމުން އެބަދޭ. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ފުރަބަންދަށްފަހު، ދުނިޔޭގައި އެންމެ އަވަހަށް ސްކޫލްތައް ހުޅުވި 10 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ." ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

  • ސިއްހީ ހިދުމަތް އަތޮޅު ތެރޭގައި ފުޅާކުުރުމަށް ހިންގާ ޕްރޮޖެކްތައް

  • ސަރުކާރުގެ ރިޔާސީ ވައުދާ އެއްގޮތައް ރާއްޖޭގެ ފަސް ސަރަޙައްދަކުން ޓަރޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިއްބައިދިނުމަށް ކުރެވޭ މަސައްކަތް ހުއްޓުމެއް ނެތި ބާރަށް ކުރިއަށްދާއިރު ފާއިތުވި ތިން އަހަރުގެ ތެރޭގައި ބޮޑެތި ބައެއް އޮޕަރޭޝަންތައް ކުރުމާއި، ސްޕެޝަލިސްޓް ޚިދުމަތްތައް، މާލެ ނައިސް ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

    • މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް ނިއުރޯ ސަރޖަރީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި
    • މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް ކަކުލުހުޅު ބަދަލުކުރުމުގެ ސަރޖަރީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި
    އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވެސް މި ޚިދުމަތް މިހާރު ލިބޭ

  • ރާއްޖޭގެ ހުރިހާ ރަށެއްގައި ނަރުދަމާ އާއި ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް
  • "އަޅުގަނޑު ފާއިތުކުރި ތިން އަހަރުގެ މައިގަނޑު އެއް އަމާޒަކީ، ހުރިހާ ރަށެއްގައި ސާފު ފެނާއި، ނަރުދަމާގެ މަސައްކަތް ހިންގުން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެ އަހަރާއެކު، ދިވެހި ޖުމްހޫރިއްޔާއަށް މިހާތަނަށް އަންނާނެ އެންމެ ސާފުތާހިރު ފަސް އަހަރު ކަމުގައި، މި ފަސް އަހަރު ވެގެންދާނެ" ރައީސް ވިދާޅުވި އެވެ.

    ސަރުކާރުން މައުލޫމާތު ދޭ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާރަށެއްގައި ފެނާ ނަރުދަމާ ޤާއިމްުކުރުމަށްޓަުކައި ހިންގާ ޕްރޮގްރާމްގެތެރެއިން 56 ރަށެއްގައި އެ މަސައްކަތް ކުރަމުންދާއިރު ހަ ރަށެއްގެ މަސައްކަތް މިހާތަނަށް ވަނީ ކޮންޓްރެކްޓްކުރެވިފައި އެވެ.

    " ތިލަމާލެ ކަނެކްޓިވިޓީގެ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު ހުއްޓުމެއްނެތި ހިނގާނެ. ހައިސްޕީޑް ފެރީ ނެޓްވާރކްގެ ހަރުފަތްތައް ދާނީ ގިރާކުރަމުން. އަދި ދަތުރުފަތުރުގެ ވިއުގައިގެ އަގު، ރައްޔިތުންނަށް ލާހިކު ކުރުމަށްޓަކައި އެކަށީގެންވާ ސަބްސިޑީ، ސަރުކާރުން ދެމުންދާނެ. ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް، 100 އަށްވުރެ ގިނަ ބަނދަރުގެ މަސައްކަތް، އެކި މަރުޙަލާގައި ހިނގާނެ. އަދި އިޢާދަކުރަނިވި ހަކަތައާއެކުއެކީ، ކަރަންޓުގެ އިތުބާރު ބޮޑުކުރުމުގެ މަސައްކަތް ބާރަށް، ކުރިއަށް އެބަދޭ." ސަރުކާރުން ހޯދާ ކާމިޔާބީ ތަކާ ގޅޭރައީސް ކާމިބާ ގުޅޭ ގޮތުން ވިދާޅުވީ މިހެންނެވެ.

    މީގެ އިތުރުން ރަށްރަށުގެ އުމްރާނީ ތަރައްގީއަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ހިނގަމުންދާކަން ސަރުކާރުން ފާހަގަކުރެ އެވެ. އުމްރާނީ ތަރައްގީއަށް ހިންގާފައިވާ އަދި މިހާރު ހިނގަމުންދާ ޕްރޮޖެކްޓްތަކުގެ ތަފާސް ހިސާބުތަކުން ބައެއް މީހުން ސަރުކާރަށް ކޮށްދެވުނީ ކޮންކަމެއްތޯ ކުރާ ސުވާލަށް ގޮތްނިންމަ އެވެ.

    ތިން އަހަރުގެ ތެރޭގައި (ބަނދަރު /ޖެޓީ)
    • ނިމިފައި: 29
    • ހިނގަމުންދަނީ: 39
    • ކޮންޓްރެުކްޓް ުކުރެވިފައި: 9

    ގޮނޑުދޮށް ހިމާޔަތްުކުރުން
    • ނިމިފައި: 3
    • ހިނގަމުންދަނީ: 11
    • ުކޮންޓްރެުކްޓް ުކުރެވިފައި: 6

    ބިންހިއްުކުން
    • ނިމިފައި: 4
    • ހިނގަމުންދަނީ: 5
    • ުކޮންޓްރެުކްޓް ުކުރެވިފައި: 8

    މަގު ހެދުން
    • ނިމިފައި: 4
    • ހިނގަމުންދަނީ: 12
    • ކޮންޓްރެުކްޓް ުކުރެވިފައި: 9

  • އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ، ސަރުކާރުން ކަނޑައެޅި އެޅުން

  • ރާއްޖޭގައި ފުރަތަމަ ފަހަަށް ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފަ އެވެ. މިއީ ސަރުކާރުން މި ތިން އަހަރުގެ ތެރޭގައި އެންމެ ބޮޑު ފަހްރަކާއެކު ދައްކާނެ އެއް ވާހަކަ އެވެ. މީގެ ސަބަބުން ކުޑަ އުޖޫރައާމެދު އޮތް ޝަކުވާއަށް ލުޔެއެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރެ އެވެ.

  • ސިޔާސީ ހަލަބޮލިކަން ކުޑަ ތިން އަހަރު
  • މީގެކުރިން ރާއްޖޭގައި ކޯލިޝަން ސަރުކާރުގެ ތަޖުރިބާ ހިތިކޮށް ފެނުން ނަމަވެސް ސަރުކާރަށް ތިން އަހަރުވީއިރުވެސް ކޯލިޝަން ދެމި އޮތުމަކީ ސިޔާސީ މަޝްރަހް ހަލަބޮލި ނުވެ ހިފެހެއްޓުނު އެއް ސަބަބެވެ. ސިޔާސީ ހަރަކާތްތަކާ ގުޅުވައި މީހުން ހައްޔަރު ކުރުމާއި ސިޔާސީ މީހުންގެ އާއިލާތަކަށް ލިބެމުންދިޔަ ދުއްތުރާތައް މި ތިން އަހަރު ތެރޭގައި ނުފެނުނީ ރައީސް ވިދާޅުވާ ގޮތުން ނަމަ އެމަގަށް ސަރުކާރުން ކުރި މަސައްކަތުނެވެ.

    އެހެން ކަމުން ވީ ކަންތަކާ ނުވާކަންތައް މިނެކިރުމަށްފަހު ސަރުކާރަށް ދޭނެ ރިޕޯޓެއް ނިންމާނީ އަމިއްލަ ރައްޔިތު މީހާ އެވެ.