Last Updated: April 16, 16:40
Tuesday, April 16, 2024
ރިޕޯޓް ރައީސް ސޯލިހު

ސިއްހީ ހިދުމަތްތައް އަތޮޅުތެރެއަށް، ތިން އަހަރު ތެރޭގައި ފާހަގަކޮށްލެވޭވަރުގެ ކާމިޔާބީތަކެއް

"ރާއްޖޭގެ ފަސް ސަރަޙައްދަކުން ޓަރޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިއްބައިދިނުމަށް ކުރެވޭ މަސައްކަތާއި ހޭދައަކަށް ހުއްޓުމެއް ނާދޭ. ބޮޑެތި ބައެއް އޮޕަރޭޝަންތައް ކުރުމާއި، ސްޕެޝަލިސްޓް ޚިދުމަތްތަކަށް، މާލެ ނައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސިއްޖެ. އަދި މޮބައިލް ލެބޯރޓްރީ ޚިދުމަތާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ދެނެގަނެވިއްޖެ. ނަފްސާނީ ބަލިތަކަށް އާސަންދައިން ފަރުވާކުރެވޭނެގޮތް ހެދިއްޖެ."

މިއީ މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއަށް ގެންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ މަހެއްހާ ދުވަސްކުރިން ވިދާޅުވި ބަސްފުޅެވެ. އެހެން ކަމުން މިކަމުގެ ހަގީގަތަކީ ކޮބާތޯ އާއި ބެލުމަށް ކުރި މަސައްކަތުން އެކަންތައްތައް ވަނީ އިތުރަށް ތަފްސީލްވެފަ އެވެ.

ރާއްޖޭގެ ސިއްހީ ހިދުމަތާމެދު އާއްމު ރައްޔިތުންގެ އަބަދުވެސް ކަންބޮޑުވުންތައް އޮވެ އެވެ. ވެރިކަންކުރާ މާލެއަށް ކޮންމެ ކަމެއްގައި ދާންޖެހޭ ޝަކުވާއާއެކު ސިއްހީ ހިދުމަތްތައް އަތޮޅު ތެރޭގައި ލިބެންހުންނަ ވަރު މަދުކަން މީހުން އަބަދުވެސް ފާހަގަކުރެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ ސިއްހީ ހިދުމަތައް މާލެއަށް ބަރޯސާވާވަރު ކުޑަކުރުމެވެ. ގިނަ ޒަމާންވީ އެ މައްސަލައަށް ހައްލު ހޯދާދިނުމަށް ރާއްޖޭގެ ފަސް ސަރަހައްދެގެ ހޮސްޕިޓަލް ޓާރސަރީ ފެންވަރަަށް ބަދަލުކުރުމަށް ފަސް އަހަރުގެ އަމާޒަކަށް ވަނީ މަސައްކަތް ފަށާފަ އެވެ.

މިހާތަނަށް އައިރު އެހާ ބޮޑަށް ފެންނަން ނެތަސް އާ ހިދުމަތްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ފަށާފައިވާކަން ސަރުކާރުން ދީފައިވާ މައުލޫމާތުތަކުން އެނގެ އެވެ.

އައު ޚިދުމަތްތައް ލާމަރުކަޒުވުން
• މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް ނިއުރޯ ސަރޖަރީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި
• މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް ކަކުލުހުޅު ބަދަލުކުރުމުގެ ސަރޖަރީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި
• އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވެސް މި ޚިދުމަތް މިހާރު ލިބޭ

ސަރުކާރުންް ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ގިނަ ރަށްތަކުގައި އޮތީ އެމްބިއުލާންގެ ދަތިކަމާ ކުރިމަތިވެފަ އެވެ. ބޭނުންކުރަމުން އައީ މީގެ އެތައް އަހަރެއް ކުރިން ބޭނުންކުރަމުން އައި އެމްބިއުލާންތަކެކެވެ. އެކަން ހައްލުކުރުމަށް އެމްބިއުލާން ނެތް ރަށްތަކަށް އެމްބިއުލާން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ބޮޑު ހޭދައެއް އެފަހަރާކުރަންފަށާފަ އެވެ. އެގޮތުން 41 ރަށަކަށް އާ އެމްބިއުލާންސް މިހާތަނަށް ވަނީ ފޯރުކޮށްދީފަ އެވެ. އަދި އިތުރު 76 އެމްބިއުލާން މިހާރު ވަނީ އޯޑަރުކޮށްފަ އެވެ. މިއީ މިހާތަނަށް މި މުއްދަތު ތެރޭގައި އެންމެ ގިނަ އެމްބިއުލާން ފޯރުކޮށްދިން ފަހަރެވެ.

ނަފްސާނީ ބަލިތަކަށް ހާއްސަ ސަމާލުކަމެއް
މީގެ ކުރިއާ އަޅާބަލާއިރު މި ސަރުކާރުގެ ތިން އަހަރު ފާހަގަ ކުރެވިފައިވަނީ ނަފްސާނީ ބަލިތަކަށް ހާއްސަ ސަމާލުކަމެއް ދީފައިވާ ތަނެވެ. އެގޮތުން ނެޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތު ވަނީ ގާއިމުކޮށްފަ އެވެ. އަދި ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާ އާސަންދައިގެ ދަށަށް ކަވަރުކުރާ ގޮތައް މިހާރު ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން ފަސް އަތޮޅަކަށް ސައިކިއޭޓްރިސްޓުންގެ ޙިދުމަތް ދޭން ވަނީ ފަށާފަ އެވެ. އެއީ ހދ، ރ، ސ، ގދ، ލ އަތޮޅަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް އަލަށް ދޭން ފެށުނީ ކޮން ހިދުމަތެއް؟
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާރސަރީ ފެންވަރުގެ ހޮސްޕިޓލްގެ ހިދުމަތްދޭން ފެށުމުގެ ގޮތުން ފާއިތުވި ތިން އަހަރުގެ ތެރޭގައިވެސް ވަނީ އާ ހިދުމަތްތައް އަތޮޅު ތެރޭގައިދޭން ފަށާފަ އެވެ. އެގޮތުން ކުޅުދުއްފުށީ ސިޓީގައި ހުންނަ ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގފައި ދޭން ފެށި ހިދުމަތައް ފާހަގަކޮށްލެވެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހިދުމަތް ރަނގަޅުކުރަން ކޮށްފައިވާ ބައެއް ކަންކަން:
• ފިޒިއޯތެރަޕީގެ ޚިދުމަތް ފުޅާކުރުން
• މޭޖަރ ސަރޖަރީތައް ހެދުމުގެ ޤާބިލްކަން.
• އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާ
• އެމް.އާރް.އައި.ގެ ޚިދުމަތް
• ސީޓީ ސްކޭނިންގެ ޚިދުމަތް
• ލެބޯޓްރީ އަޕްގްރޭޑްކުރުން.
• ކާޑިއެކް ޚިދުމަތް.
• ޕީ.ސީ.އާރް. ލެބް.
• ޕަލްމޮނޮލޮޖީ އާއި ސްޕީޗްތެރަޕީގެ ޚިދުމަތް.
• އޮކްސިޖަން ޕްލާންޓް.
• ސެންޓްރަލް ސްޓެރައިލް ސަރވިސަސް ޑިޕާޓްމަންޓްގެ ޚިދުމަތް.

ޓާރސަރީ ފެންވަރަށް ހިދުމަތް ފުޅާކުރާ އަނެއް ހޮސްޕިޓަލަކީ ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ގެނެވުނު ބައެއް ބަދަލުތައް:
• ފިޒިއޯތެރަޕީގެ ޚިދުމަތް ފުޅާކުރުން.
• މޭޖަރ ސަރޖަރީތައް.
• ސީޓީ ސްކޭނުގެ ޚިދުމަތް.
• ލޮލުގެ ފަރުވާ.
• ސައިކޭޓްރިކް ޚިދުމަތް.
• އީ.އެން.ޓީ. ޚިދުމަ

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަކީވެސް ސަރުކާރުން ޓާރސަރީ ފެންވަރަށް ތަރައްގީކުރަން ބޭނުންވާ އެއް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަން ހައްލުކޮށް ހޮސްޕިޓަލްގެ އިމާރާތައްވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އަދިވެސް އިމާރާތުގެ މަސައްކަތް ކުރަމުންދާއިރު ފާއިތުވި ތިން އަހަރުގެ ތެރޭގައި މުހިންމު ހިދުމަތްތަކެއް ދޭން ވަނީ ފަށާފަ އެވެ.

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ހިދުމަތްތަކަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި ގެނެސްފައިވާ ބައެއް ބަދަލުތައް:
• ފިޒިއޯތެރަޕީގެ ޚިދުމަތް ފުޅާކުރުން.
• މޭޖަރ ސަރޖަރީތައް ހެދުމުގެ ޤާބިލުކަން.
• އީ.އެން.ޓީ. ޚިދުމަތް
• ލޮލުގެ ފަރުވާ.
• ސީ.ޓީ. އާއި މެމޯގްރަފީ ޚިދުމަތް.
• ކޮވިޑް-19 ރީޖަނަލް އައި.ސީ.ޔޫ. ފެސިލިޓީ.
• ސައިކޭޓްރިކް ޚިދުމަތް.

ލ.ގަން ރީޖަނަލް ހޮސްޕިޓަލް ވެސް ޓާރސަރީ ފެންވަރަށް ތަރައްގީކުރަން ސަރުކާރުން ވިސްނުން ގެންގުޅޭއިރު މިހާތަަނަށްވެސް ބައެއް ހިދުމަތައް ފުޅާކޮށް އަދި ބައެއް ހިދުމަތްތައް އަލަށްދޭން ފަށާފައިވެ އެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ހިދުމަތްތަކުގެ ތެރޭގައި ހިމެނީ:
• ފިޒިއޯތެރަޕީގެ ޚިދުމަތް ފުޅާކުރުން.
• މޭޖަރ ސަރޖަރީތައް ހެދުމުގެ ޤާބިލުކަން.
• އީއެންޓީ ޚިދުމަތް
• ލޮލުގެ ފަރުވާ.
• ފުޓުނި އަދި ރޫޓް ކެނަލްގެ ޚިދުމަތް.
• ކޮވިޑް-19 ރީޖަނަލް އައި.ސީ.ޔޫ. ފެސިލިޓީ.
• •ސީޓީ ސްކޭންގެ ޚިދުމަތް.
• ސައިކޭޓްރިކް ޚިދުމަތް.

މާލެ ފިޔަވާ އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ހިދުމަތް ރަނގަޅުކުރުމަށް ސަރުކާރުން ފާއިތުވި ދުވަސްތަކުގައި މަސައްކަތްތަކެއްކޮށްފައިވެ އެވެ. އެގޮތުން ފިޒިއޯތެރަޕީގެ ޚިދުމަތް ފުޅާކުރުމާއި މޭޖަރ ސަރޖަރީތައް ހެދުމުގެ ޤާބިލުކަން އިތުރުކޮށްފައިވެ އެވެ. އޭގެ އިތުރުން އެ ހޮސްޕިޓަލުން ދޭންފެށި ހިދުމަތްތަކުގެ ތެރޭގައި
• ލެބޯޓްރީގައި ހިސްޓޯޕްތޯލޮޖީ ގެ
ޚިދުމަތް
• އެކޯ ކާޑޮއޯގްރަފީ ގެ ޚިދުމަތް
• ހޯލްޓަރ މޮނިޓަރިންގ
• އީ.އެމް.ޖީ އަދި އީ.އީ.ޖީ ގެ ޚިދުމަތް
• ޒަމާނީ ފެންވަރުގެ
ސީއެސްއެސްޑީއެއް.
• ބްރޮންކޯސްކޯޕީ
• ކޮލޮނަސްކޯޕީ
• އެންޑޮސްކޯޕީ
• ސައިކޭޓްރިސްޓް ޚިދުމަތް

  • އީއެންޓީ ޚިދުމަތް.
  • ލޮލުގެ ފަރުވާ.
  • ކާރޑިއޮލޮޖީ ގެ ޚިދުމަތް
  • ސްޕީޗް ތެރެޕީ
  • ސީޓީ ސްކޭންގެ ޚިދުމަތް.
  • އެމް.އާރ.އައި.ގެ ޚިދުމަތް
  • ކޮވިޑް-19 ރީޖަނަލް އައި.ސީ.ޔޫ.
  • ފެސިލިޓީ.
  • އިންހައުސް ފާރމަސީގެ ޚިދުމަތްމި ހިދުމަތްތަކުގެ އިތުރުން ރަށުގައި ތިބެގެން ބައެއް ޓެސްޓްތައް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މޯބައިލް ލެބޯރިޓަރީގެ ޚިދުމަތް ރައްޖޭގެ ބައެއް ހިސާބުތަކުގައިވަނީ ފަށާފަ އެވެ. އެގޮތުން ހއ، ށ، ނ، ރ، މ، ލ. އަތޮޅުގައި މި ހިދުމަތް މިހާތަނަށް ފަށަފަވެ އެވެ. ހަމަ މިއާއެކު އަތޮޅު ހޮސްޕިޓަލްތަކަށް ދަތުގެ ފަރުވާ އާއި އަތޮޅު ތެރެއަށް ޑައިލިސިސްގެ ޚިދުމަތް ވެސް ސަރުކާރުން ފޯރުކޮށްދޭން ފަށާފަ އެވެ.

    މީގެ އިތުރުން ހުރިހާ އަތޮޅަކުން ފެރިޓިންގ ޓެސްޓު ހެދުމުގެ އިންތިޒާމު ހަމަޖެއްސުމާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާ ކުދިންނަށް ބޭނުންވާ ބޭހާއި ވެކްސިން ސަުކާރުން ފޯރުކޮށްދިނުންވެސް ފާހަގަކޮށްލެވެ އެވެ.
    ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިއްޖެ ނަމަ ސަރުކާރު ވެގެންދާނީ އަތޮޅު ތެރޭގެ ސިއްހީ ނިޒާމަށް އެންމެ ބޮޑު ބަދަލުގެނައި ސަރުކާރަށެވެ. ހަމަމިއާއެކު މިހާރުވެސް ވެފައިވަނީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ހިދުމަތްތަކެއް އަތޮޅު ތެރޭގައި ދޭން ފެށި ސަރުކާރަށެވެ.

"