މަރުތަކަށް އިންސާފު ހޯދައި ނުދެވުމަކީ މިސަރުކާރުގެ އެންމެ ބޮޑު ފެއިލިއާ ކަމަށް މިސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެެވެ.
ޝިދާތާ މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަމުން އަންނައިރު، އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ޝިދާތާ ވިދާޅުވެފައިވަނީ، ކޯލިޝަން ސަރުކާރަށް ތިން އަހަރު ފުރިފައިވާއިރު، ވެރިކަމަށް އައުމަށް ވޯޓު ހޯދަން އެންމެ އަޑު ހަރުކޮށް ދެއްކި ވާހަކައަކީ ރިލްވާން ގެއްލުވާލި ވާހަކައާއި، ޔާމީން ރަޝީދުގެ މަރުގެ ވާހަކައާއި އަފްރާޝީމްގެ މަރުގެ ވާހަކަ ކަމަށެވެ.
"މިއަދު މިކަމައިގެން އުޅޭ މީހަކު ނެތް. މިއީ ސަރުކާރުގެ އެންމެ ބޮޑު ފެއިލިއާ" ޝިދާތާގެ ޓްވީޓްގައިވެއެވެ.
Coalition sarukaarah 3 aharu furijje. Verikamah aumah vote hoadhan enme adu harukoh dhekki vaahaka akee Rilwan gelluvaali vaahaka, yameen rasheed ge maruge vaahaka, afrasheem ge maruge vaahaka. Miadhu mikamaigen ulhey meehaku nei. Mee sarukaaruge enme bodu failure
— Shidhatha Shareef (@iamshidhatha) November 18, 2021
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވެއެވެ.
އެހެންނަމަވެސް އެ ކޮމިޝަންގެ މަސައްކަތްތަކުން އަދިވެސް މަރުތަކުގެ އެއްވެސް މައްސަލައެއް ނިންމިފައި ނުވާތީ އަދި ކަންކަން ހޯދިފައިނުވާތީ އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއެވެ.