Last Updated: July 3, 09:30
Thursday, July 3, 2025
ޚަބަރު

"ކޯނޭ" ލިފްޓު ގަންނަ ފަރާތްތަކަށް ހިލޭ ލިފްޓު އިންސްޓޯލް ކޮށްދޭ ޕްރޮމޯޝަނެއް

"ކޯނޭ" ލިފްޓު ގަންނަ ފަރާތްތަކަށް ހިލޭ ލިފްޓު އިންސްޓޯލް ކޮށްދޭ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފިއެވެ.

އެސްޓީއޯއިން ބުނެފައިވަނީ އެސް.ޓީ.އޯއިން އޮތަރައިޒްޑް ޑިސްޓިބިއުޓަރގެ ގޮތުގައި އެތެރެކޮށް ވިއްކަމުންދާ "ކޯނޭ" ލިފްޓު ގަންނަ ފަރާތްތަކަށް ހިލޭ ލިފްޓު އިންސްޓޯލް ކޮށްދޭ ޕްރޮމޯޝަންއެއް 18 ނޮވެމްބަރުން ފެށިގެން 20 ނޮވެމްބަރުގެ ނިޔަލަށް ކުރިއަށް ގެންދަން ކުންފުނިން ނިންމާފައިވާކަމަށެވެ.

މިޕްރޮމޯޝަން ކުރިއަށް ގެންދާނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި މިއަދު ފެށިގެންދާ "މޯލްޑިވްސް ލިވިންގް އެކްސްޕޯ 2021" މެދުވެރިކޮށް ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. "ލިވިންގް އެކްސްޕޯ"ގައި ބެހެއްޓިފައި ހުރި އެސްޓީއޯގެ ސްޓޯލްއަށް ޒިޔާރަތް ކޮށް ލިފްޓް އޯޑަރު ކުރާ ފަރާތްތަކަށް ލިފްޓުގެ އިންސްޓޮލޭޝަން ފީ އުނިކޮށް، އެމަސައްކަތް ހިލޭ ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.

މީގެ އިތުރުން ލިފްޓް ގަންނަން ބޭނުންވާ ފަރާތްތަކުން ބޭނުންވާގޮތަށް ވަގުތުން ލިފްޓް ޑިޒައިން ކޮށްލުމުގެ އިންތިޒާމުވެސް އެސް.ޓީ.އޯގެ ސްޓޯލްގައި ހަމަޖެހިފައިވާނެ ކަމަށާއި، އަދި ލިފްޓު ބޭނުންވާ ޑިޒައިން އަށް ފަރުމާކުރުމަށްފަހު ލިފްޓުގެ މޮޑެލް ބަލާލުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާނެ ކަމަށެވެ.

ފިންލޭންޑްގެ އުފެއްދުމެއްކަމަށްވާ ކޯނޭގެ ޑިޒައިންތަކަށް ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ "ރެޑް ޑޮޓް ޑިޒައިން އެވޯޑް" އެކިފަހަރު މަތިން ލިބިފައިއެވެ. އެސް.ޓީ.އޯއިން ދާދި ފަހުން ވަނީ ކޯނޭގެ ޓަޗްލަސް ސިގްނަލައިޒޭޝަންވެސް ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފައިއެވެ.