Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް ރައީސް ސޯލިހު

ކުޅިވަރު ދާއިރާއިން ރެކޯޑްތަކެއް: މިއިން ޒަމާނެއްގައި ނުކުރާހާ ގިނަ މަސައްކަތް އެންމެ ތިން އަހަރު

ރާއްޖޭގެ ކުޅިވަރު ކުރިއެރުމަށް މީގެ ކުރީ ސަރުކާރުތަކުން މަސައްކަތްކޮށްފައި އެބަ ހުއްޓެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ތިން އަހަރުވީއިރު މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް މީގެ ކުރިން އައި ހުރިހާ ސަަރުކާރުތަކާ ނުބައްދަލުކަމަށް ބުނެވިދާނެ އެވެ. އެކަން ސާބިތުވާނެ ހިސާބުތަކާއި ފެންނާން ހުރި ތަންތަން އެބަ ހުއްޓެވެ.

ކުޅިވަރުތަކުގައި ބައިވެރިވާ ދިވެހި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދެމުންދާ އެލެވަންސް އެއް ހަމައަކުން ނުލިބޭ މައްސަލަ ސަރުކާރުން ވަނީ ހައްލުކޮށްދީފަ އެވެ. އަންހެން އަދި ފިރިހެން ގައުމީ ޓިމުތަކުގެ ކުޅުންތެރިންގެ މުސާރާގައި ހުރި ފަރަގުތައް ވަނީ ނައްތާލާފަ އެވެ. މިހާރު ގައުމީ ޓީމުތައް ތަމްސީލްކުރާ ކޮންމެ ކުޅުންތެރިޔަކަށް 5000 ރުފިޔާ އަދި ކޮންމެ އޮފިޝަލަކަށް 2500 ރުފިޔާގެ އެލެވަންސެއް އަންނަނީ ދެމުންނެވެ. އަދި ކޮވިޑްގެ ތެރޭގައި ދިމާވި ބަލިމަޑުކަމުގެ ތެރެއިން އިގުތިސާދަށް އައި ހީނަރުކަމާއެކުވެސް ގައުމީ ޓީމުތަކަށް އެ އެލަވަންސް ވަނީ ދޫކޮށްފަ އެވެ.

ހަމައެހެންމެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ކޮންމެ އަހަރަކު ވެސް މަދުވެގެން 500،000 ރުފިޔާގެ ބަޖެޓެއް ދެއްވުމަށް ރައީސް ސޯލިހު ނިންމެވި ނިންމުމެވުންވެސް ފާހަގަކޮށްލެވެ އެވެ.

ކުރިން މާބޮޑު ސަމާލުކަމެއް ނެތް ކުޅިވަރުތަކަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް
މީގެ އިތުރުން މީގެ ކުރިން މާބޮޑު އަހަމިއްޔަތު ކަމެއް ނުދޭ އެހެން ކުޅިވަރުތަކަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން ސަރަޙައްދީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ހޭންޑްބޯލް ކޯޓެއް ވަނީ ތަރައްގީކޮށްފަ އެވެ. އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުން ހޯދާ ކާމިޔާބީއަށް އިނާމުދޭ މިންގަނޑު އެއްހަމަކޮށްފައިވުމަކީވެސް އެހެނިހެން ކުޅިވަރުތަކަށް ދީފައިވާ އަހައްމިއްޔަތު ދައްކައިދޭ ކަމެކެވެ.

މީގެ އިތުރުންވެސް ސާރފިން އެސޯސިއޭޝަނަށް ފުރަތަމަ ފަހަރަށް އޮފީހެއް މި ސަރުކާރުން ހަމަޖައްސާ ދިނުމާއި ގައުމީ ސާރފިން މުބާރާތުގައި ފުރަތަމަ ފަހަރަށް އައިއެސްއޭ ސާޓިފައިޑް ޖަޖުންނާއި އިލެކްޓްރޯނިކް ސްކޯރިން ބޭނުންކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ސާރފިން ކުރިއަރުވައި ފުޅާކުރުމުގެ ގޮތުން 8 ރަށެއްގައި ސާފް ޝެކް ގާއިމްކުރުމަށް ކައުންސިލްތަކާއި ވަނީ ހަވާލުކުރެވިފައިމިހާރު ވަނީ ހަވާލުކޮށްފައި އެވެ. އަދި ގައުމީ ޓީމަށް ބޭރު ކޯޗެއް ހަމަޖައްސާ ޑިވެލޮޕްމަންޓް ޕްރޮގްރާމް ވަރުގަދަކުރަން ދަނީ ރާވަމުން ކަމަށް ސަރުކާރުން މައުލޫމާތުދެ އެވެ.

ބައިނަލްއަގްވާމީ ފެންވަރުގެ ފުރަތަމަ ބިލިއާޑް ފެސިލިޓީ މާލޭގައި ގާއިމުކޮށް ނޭޝަނަލް ބިލިއާޑް ސެންޓަރު ތިން އަހަރު ތެރޭގައި ވަނީ ހުޅުވާފަ އެވެ. އަދި ހުޅުމާލޭގައި ވެސް ބިލިއާޑް ހައުސްއެއް ވަނީ ގާއިމްކޮށްފައެވެ.

ޓެނިސް ޗެންޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވުން

ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ފެންވަރުގެ ޓޭބަލް ޓެނިސް ފެސިލިޓީއެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި މި ސަރުކާރުން ވަނީ ސޮއިކޮށްފަ އެވެ. "މުނިއުފާ"ނަމުގައި ތަރައްގީކުރާ އެތަނުގެ މަސައްކަތް އަންނަ އަހަރު ނިންމުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން 46 އަހަރަށް ފަހު މާލެއިން ބޭރުގައި ޓީޓި ފެސިލިޓީއެއް މި ސަރުކާރުން ފުރަތަމަ ފަހަރަށް ވަނީ ގާއިމްކޮށްފަ އެވެ.

މާލޭ ފަތާ ޓްރެކް ސަރަހައްދު ފުރަތަމަ ފަހަރަށް ހިޔާކޮށް ޑައިވިންގ ޕްލެޓްފޯމަކާއި ސްލައިޑެއް ހިމެނޭހެން މި ސަރުކާރުން ވަނީ ތަރައްގީކޮށްފަ އެވެ. އަދި 4 ރަށެއްގައި ޕްލެޓްފޯމް އަޅައި އިތުރު ރަށްތަކެއް ޕްރީ ޓެންޑަރިން މަރުހަލާގައިވާ ކަމަށް ސަރުކާރުން މައުލޫމާތުދެ އެވެ. މީގެ އިތުރުން ސްވިމިންގ ޕޫލްގެ އެންމެފަހުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

މިނިސްޓަރު މަހުލޫފް – އެމްއޯސީ ފޮޓޯ: ނިޝާން އަލީ

އެކުވެނި އިންޑޯރ ބައިނަލްއަގްވާމީ ފެންވަރުގެ ލައިޓިން އާއި ފްލޯރިން އާއެކު ތަރައްގީކޮށް ނިމިފައިވާއިރު އައްޑޫ ސިޓީގައި ބެޑްމިންޓަން ކޮމްޕްލެކްސްގެ މަސައްކަތްވެސް ވަނީ ނިމިފަ އެވެ. ހަމައެހެންމެ ގދ. ތިނަދޫ، ފ. ދަރަނބޫދޫ، އަދި ޅ. ނައިފަރުގައި ކޯޓުތައް ގާއިމްކުރެވިފައިވާއިރު ގއ. ދާންދޫ އަދި ބ. މާޅޮހުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ރާއްޖޭގެ ފުރަތަމަ ނޭޝަނަލް މާރޝަލް އާރޓްސް ސެންޓަރު ގާއިމްކޮށް ގައުމީ މާރޝަލް އާރޓްސް އެސޯސިއޭޝަނެއް ވަނީ އުފެއްދިފައިކަންވެސް ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން ވޮލީ ކޯޓު ތަރައްގީކުރުމުގެ މަސައްކަތްތައް ރާއްޖޭގެ އެކި ރަށްތަކުގައި އަންނަނީ ކުރަމުންނެވެ. އެގޮތުން ހަ ރަށެއްގެ މަސައްކަތް ނިމި އިތުރު 25 ރަށެއްގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. މާލޭގައި ތިން އައުޓްޑޯރ ވޮލީ ކޯޓުގެ އިތުރުން ނޭޝަނަލް އިންޑޯ ވޮލީބޯލް ސެންޓަރ ގާއިމްކުރުމަށްވެސް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުންނެވެ.

މ. މުލި އަދި ގދ. ގައްދޫ ސްކޭޓް ޕާކްގެ މަސައްކަތް ނިމިފައިވާއިރު ފުވައްމުލައް ސިޓީ އަދި ބ. ގޮއިދޫ ސްކޭޓް ޕާކްގެ މަސައްކަތް އޮތީ ޕްރީ ޓެންޑަރިންގ މަރުހަލާގައިވާ ކަމަށް ސަރުކާރުން މައުލޫމާތުދެ އެވެ. އަދި އަންނަ އަހަރު އިތުރު ރަށްތަކެއްގައި ސްކޭޓް ޕާކް ގާއިމްކުރެވިގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރެ އެވެ.

24 އަހަރަށްފަހު މާލޭ އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކެއްގެ ގޮތުގައި މި ސަރުކާރުން ވަނީ ތަރައްގީކޮށްފަ އެވެ. އަދި އަންނަ އަހަރު ފުވައްމުލައް، ކުޅުދުއްފުށި، ގދ. ތިނަދޫ އަދި އައްޑޫ ސިޓީ ހިތަދޫގައި ސިންތެޓިކް ޓްރެކް އަޅާނެ ކަން ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

ރާއްޖޭގައި ގާއިމްކުރެވޭ ފުރަތަމަ ބައިނަލްއަގްވާމީ ނެޓްބޯޅަ ފެސިލިޓީގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާއިރު އިތުރު ރަށްތަކެއްގައި ވެސް ނެޓްބޯޅަ ކޯޓުތައް އެޅުމަށް ވަނީ ހަމަޖެހިފައި އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން 20 ދަނޑެއްގެ މަސައްކަތް ތިން އަހަރު ތެރޭގައި ވަނީ ނިމިފަ އެވެ. އަދި އިތުރު 45 ދަނޑެއްގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.

އަތޮޅުތެރޭގެ އިޖްތިމާއީ މަރުކަޒުތައް ތަރައްގީކުރުން
މި ސަރުކާރުން ވަނީ އަތޮޅު ތެރޭގައި އިޖްތިމާއީ މަރުކަޒުތައް ތަރައްްގީކުރުމަށް ބޮޑު ހޭދައެއްކޮށްފަ އެވެ. އެގޮތުން ލ.ފޮނަދޫ އާއި ލ.މާބައިދޫ އާއި އައްޑޫ ސިޓީ ހިތަދޫ އާއި ގދ.ތިނަދޫ އާއި ހއ.ދިއްދޫގެ އިޖްތިމާއީ މަރުކަޒުވަނީ އަޕްގްރޭޑްކޮށްފަ އެވެ. އޭގެ އިތުރުން ގދ.ފިޔޯރިއާއި ގދ.ހޯޑެއްދޫ އަދި ގދ.ނަޑެއްލާގައި އިޖްރިމާއި މަރުކަޒު އެޅުމަށް މި ސަރުކާރުން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. ހަމައެހެންމެ އާ ރަށްތަކެއްގައި އިޖްތިމާއީ މަރުކަޒުތައް އެޅުމަށް އަންނަ އަހަރު ހަވާލުކުރާނެ ކަމަށް ސަރުކާރުން އިއުލާންކޮށްފައިވެ އެވެ. އަތޮޅު ތެރޭގައި ކުޅިވަރު އާލާކޮށް ކުރިއެރުވުމަށް ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރުން ތިބޭ ގޮތައްވެސް ސަރުކާރުން ވަނީ ހަމަ ޖައްސާފަ އެވެ.

ޖަމިއްޔާތަކާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ޕްރޮގުރާމްތަކެއް
މަދަނީ ޖަމްޢިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ ބޮޑު އެހީތެރިކަމެއް ދޭން ފަށާފަ އެވެ. އެގޮތުން ކުރިޔަށްގެންދިޔަ ގްރާންޓް ޕްރޮގްރާމްގެ ދަށުން 15 ޖަމްޢިއްޔާއަކަށް 2.9 މިލިއަން ރުފިޔާއަށްވުރެ ގިނައިން މާލީ އެހީ ވަނީ ފޯރުކޮށްދީފައި އެވެ. މީގެއިތުރުންވެސް ޖަމިއްޔާތައް ބާރުވެރިކުރުމުގެ ގޮތުން އަތޮޅު ތެރޭގައި ހިންގާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ބާއްވާފައިވެ އެވެ. އެގޮތުން ހއ. ހދ. ށ. ނ. ލ. އަދި ގއ. އަތޮޅުގެ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން އެންޖީއޯ ފޯމް ބާއްވާފައިވެ އެވެ. ހަމައެހެންމެ ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ވޯކްޝޮޕްތަކާއި ނެޓްވޯކިން ސެޝަންތައް ވެސް އަންނަނީ ބާއްވަމުންނެވެ.

3000 ޒުވާނުން ވަޒީފާގެ މާހައުލަށް ނެރުމަށް އަމާޒުކޮށް ޓިވެޓް އޮތޯރިޓީގެ ނޭޝަނަލް ކޮމްޕެޓެންސީ ސްޓޭންޑާޑަށް ކުރިޔަށްގެންދާ ނޭޝަނަލް އެޕްރެންޓިސްޝިޕް ވެސް ވަނީ ކުރިއަށްގެންގޮސަފަ އެވެ.

މުޖުތަމައުގެ މަސައްކަތްތަކަށް ޒުވާނުން އަހުލުވެރިކުރުވުމުގެ ގޮތުން ނޭޝަނަލް ޔޫތު ވޮލަންޓިއަރ ޕްރޮގްރާމެއް ވަނީ ފަށާފައ އެވެ. މި ޕްރޮގުރާމްގެ ދަށުން މުޖްތަމައުގެ މަސައްކަތްތަކަށް ޒުވާނުން އަހްލުވެރިކުރެވިގެންދާނެ އެވެ. އަދި މި ޕްރޮގުރާމްގައި ބައިވެރިވާ ދަރިވަރުން ވޮލަންޓިއަރުންގެ ދަފްތަރުގައި ހިމެނޭނެ އެވެ.

މީގެ އިތުރުންވެސް މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް މެދުވެރިކޮށް ކުޅިވަރުގެ ފަންނީ މީހުން ތަމްރީންކުރުމަށް ތަފާތު އެކި ކޯސްތައް އެކި ކުޅިވަރުތަކުން އަންނަނީ މިހާރު ވެސް ހިންގަމުންނެވެ. ހޭންޑްބޯލް، ވޮލީބޯލް، ފޫޓުބޯލަ، ފޫޓްސަލް، ސްވިމިން ކޯޗުންނާއި ރެފްރީން ތަމްރީން ކުރުމުގެ ޕްރޮގުރާމްތައް މާލެެއާއި އަތޮޅު ތެރޭގައި އަންނަނީ ހިންގަމުންނެވެ.

ޒުވާނުންނަށް ތަޖުރިބާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްތަކުގެ ތެރެއިން މިވަގުތު ވެސް 14 ޒުވާނަކު އަންނަނީ އިންޑިއާއަށް ދަތުރެއް ކުރަމުންނެވެ. އިތުރު ގައުމުތަކާއެކު ވެސް މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ކަމަށް ސަރުކާރުން ވަނީ މައުލޫމާތުދީފަ އެވެ.

ވަޒީފާގެ މާހައުލަށް ޒުވާނުން އަހުލުވެރިކުރުމުގެ ގޮތުން 600 ޒުވާނުންނަށް އަމާޒުކޮށް ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރއަށް ގެންދާއިރު ވަޒީފާގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ވެސް އަންނަނީ ބާއްވަމުންނެވެ. އެގޮތުން ކެރިއަރ އެކްސްޕޮލޮރޭޝަން ފީލްޑް ވިޒިޓްތައް ބޭއްވުމާއި ކެރިއަގައިޑެންސް ޕްރޮގުރާމްތައް އެކި ރަށްރަށުގައި ބޭއްވުން ފާހަގަކުރެވިގެންދެ އެވެ.

ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން ޒުވާނުންނަށް އަމާޒުކޮށް 47 ލައިފް ސްކިލްސް ވޯކްޝޮޕެއް ވަނީ ކުރިއަށް ގެންގޮސަފަ އެވެ.އަދި މި ވޯކްޝޮޕްތައް ކޮވިޑްގެ ދުވަސްވަރު އޮންލައިންކޮށް ވެސް ކުރިއަށްގެންގޮސްފައިވެ އެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު 22 ވަނަ ދުވަހަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ ޒުވާނުންގެ ގޮތުގައި ހަމަޖައްސައި މުޅި ރާއްޖޭގައި ކުަލަގަދަކޮށް އެ ދުވަސް ވަނީ ފާހަގަކޮށްފައިވެއެވެ. ޒުވާނުންގެ އެވޯޑް ވެސް 10 ފަރާތަކަށް މިއަހަރު ދީފައިވެ އެވެ.

ރާއްޖެއިން ފާއިތުވި ތިން އަހަރު ވަނީ އިންޓަނޭޝަނަލް މުބާރާތްތަކުގައި ވައިވެރިވުމުގެ އިތުރަށް ރާއްޖޭގައި ފާހަގަކޮށްލެވޭ ބައެއް މުބާރާތްތައް ބާއްވާފަ އެވެ. އެގޮތުން ފާހަގަކޮށްލެވޭ ،މުބާރާތައް:
• އޭއެފްސީ ކަޕް ރާއްޖޭގައި ބޭއްވުން
• ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުން
• ބެޑްމިންޓަނުގެ ސަހަރައްދީ ތިން މުބާރާތެއް ބޭއްވުން
• އިންޓަނޭޝަނަލް ބީޗް ވޮލީ މުބާރާތް ބޭއްވި

ރައީސް ސޯލިހްގެ ސަރުކާރުން ކުޅިވަރުކުރިއެރުމަށް ކޮށްފައިވާ މި މަސައްކަތްތަކުގެ ތެރެއިން އަލަށް ފެށި ކަންކަމާއި އެތައް ޒަމާނެއްސުރެ އަޅާނުލެވިހުރި ކަންކަން ގިނަކަން ފާހަގަކުރެވެ އެވެ. ރައީސް ސޯލިހްގެ ސަރުކާރުގައި ބާކީ ދެ އަހަރު އަދި އޮތްއިރު ފަސް އަހަރު ވެގެންދާނީ ކުޅިވަރުދާއިރާއިންވެސް އެންމެ ބޮޑު ކުރިއެރުމެއް ހޯދާދިން ސަރުކާރަށެވެ.