Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު ރައީސް ސޯލިހު

ފެނާއި ނަރުދަމާ: ކުރީ ސަރުކާރުތަކަށް އާދައިގެ ކަމެއް، އެކަމު ރައީސަށް އެންމެ މުހިންމު މަޝްރޫއު

ރައީސުލްޖުމްހޫރިއްޔާ ނ. ހެނބަދޫ ނަރުދަމާގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވުން

"ވޭތުވި ތިން އަހަރަށް ފެށުމުގެ ކުރިންވެސް، އަޅުގަނޑު ދެންނެވި ވާހަކައެއް، މިއަދުވެސް ހަނދާނުގައި އެބަހުރި. އެއީ، ތަރައްޤީގެ ވާހަކަ ދައްކަން ފެށޭނީވެސް، ގައިން ތާހިރުވެ ތިބެގެންކަން. ދިވެހި ޖުމްހޫރިއްޔަތުގެ ތެރެއިން، އަޅުގަނޑު ފާއިތުކުރި ތިން އަހަރުގެ މައިގަނޑު އެއް އަމާޒަކީ، ހުރިހާ ރަށެއްގައި ސާފު ފެނާއި، ނަރުދަމާގެ މަސައްކަތް ހިންގުން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެ އަހަރާއެކު، ދިވެހި ޖުމްހޫރިއްޔާއަށް މިހާތަނަށް އަންނާނެ އެންމެ ސާފުތާހިރު ފަސް އަހަރު ކަމުގައި، މި ފަސް އަހަރު ވެގެންދާނެ."

ފެނާއި ނަރުދަމާއަކީ މީގެ ކުރީ ސަރުކާރުތަކުން އެންމެ އިސްކަމެއް ދީގެން ކުރި ކަމެއް ނޫނެވެ. ނަމަވެސް ރައީސް ސޯލިހް ފާހަގަ ކުރެވެނީ މިއާ ހިލާފުވެރިއެއްގެ ގޮތުގަ އެވެ. ބޮޑެތި އިމާރާތްތަކާއި އެހެން ތަންތަނަށްވުރެ އިސްކަން ދެއްވަނީ ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށެވެ. އެހެނިހެން މަޝްރޫތައް ފެށެން އަންނަނީވެސް ފެނާއި ނަރުދަމާ ނިންމިމިގެންނެވެ. އެމަނިކުފާނުގައި އަމާޒެއްވެސް އެބަ އޮތެވެ. އެއީ އެމަނިކުފާނުގެ ވެރިކަން ނިމޭއިރު ފެނާއި ނަރުދަމާ ނެތް އެއްވެސް ރަށެއް ނުބޭއްވުމެވެ.

ފެނާއި ނަރުދަމާ ގާއިމުކުރަން ތިން އަހަރު ތެރޭގައި ކުރެވުނީ ކޮންކަމެއް
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާރަށެއްގައި ފެނާ ނަރުދަމާ ޤާއިމްުކުރުމަށްޓަުކައި ހިންގާ ޕްރޮގްރާމްގެތެރެއިން ފާއިތުވި ތިން އަހަރުގެ ތެރޭގައި 118 ރަށެއްގައި ނަރުދަމާ ގެހިދުމަތް ޤާއިމްކުރުމުގެ މަސައްުކަތުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
އަދި 23 ރަށުގެ ކޮންޓްރެކްޓް ކުރުމުގެ މަސައްުކަތް މިއަހަރިގެ ނިޔަލަށް ނިންމުމަށް ސަރުކާރުން ގެންދަނީ މަސައްުކަތް ކުރެވެމުންނެވެ.

މިހާރުވެސް ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން 56 ރަށެއްގެ މަސައްކަތް މިހގާރު ވަނީ ކުރަމުންނެވެ. މީގެ އިތުރުން 62 ރަށެއްގައި މަސައްކަތް ކޮންޓްރެކްޓް ވަނީކޮށްފަ އެވެ. މިއީ ތިން އަހަރުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަަސައްކަތުގެ ރެކޯޑެކެވެ. އަދި މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި އެޅުމަށް ސަރުކާރަކުން އަމާޒުކުރީ ފުރަތަމަ ފަހަރެވެ.

ސ.މީދޫ ބަނދަރު އެހާރާއި މިހާރު އޮތްގޮތް

ބަނދަރުގެ 39 މަޝްރޫއު ހިނގަމުން އެބަދޭ
ފެނާއި ނަރުދަމާގެ މަސައްކަތާއި އެކު ރަށްރަށުގެ ބަނދަރުތައް ހެދުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދެ އެވެ. އެގޮތުން ފާއިތުވި ތިން އަހަރުގެ ތެރޭގައި 25 ބަނދަރެއްގެ މަސައްކަތް ނިމިފައިވެ އެވެ. އަދި މި ވަގުތު ވެސް 39 ބަނދަރުގެ މަޝްރޫއު ހިނގަމުންދެ އެވެ. އޭގެ އިތުރުން އޭގ އިތުރުން ނުވަ ރަށެއްގެ ބަނދަރުގެ މަސައްކަތް މ ވަގުތުވެސް ކޮންޓްރެކްޓްކުރެވިފައިވެ އެވެ.

ހުޅޫދޫގައި އަލަށް ތަރައްގީކުރާ ބަނދަރު:-މިއީ މިހާރު ބޭނުންކުރާ ބަނދަރަށްވުރެ ފަސް ގުނަ ބޮޑު ބަނދަރެއް

ގޮނޑުދޮށް ހިމާޔަތްުކުރުމާއި ބިންހިއްކުން
ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫއަކީ އުމްރާނީ ތަރައްގީއަކީ އެންމެ ގިނަ ރަށްތަކުން އެދެމުންދާ އެއް މަޝްރޫއު އެވެ. ހަމައެއާއެކު ރަށްގިރުމުގެ މައްސަލައަކީވެސް ރަށްރަށަށް ދިމާވެފއިވާ ބޮޑު މައްސަލައެކެވެ. މި ސަރުކާރުން މިހާތަނަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ ތިން މަޝްރޫއެއް ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުުރުމުގެ 11 މަޝްރޫއެއް ހިނގަމުންދާއިރު ހަ މަޝްރޫއެއް ވަނީ ކޮންޓްރެކްޓްކުރެވިފަ އެވެ.

ބިންހިއްުކުމުގެ މަސައްކަތުގެ ތެރެއިން މި ސަރުކާރު އައުމަށްފަހު ހަތަރު ރަށެއްގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި މި ވަގުތުވެސް ފަސް ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ހިނގަމުންދާއިރު 8 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ކޮންޓްރެކްޓް ކޮށްފަ އެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ ހަތަރު ރަށެއްގެ މަގު ހެދުމުގެ މަސައްކަތްވެސް ނިންމާފަ އެވެ. ޒަމާނީ ފެންވަރަށް މަގުތައް ތާރުއެޅައިގެން ހެދުމުގެ ބޮޑެތި މަޝްރޫއުތަކާއެކު 12 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް މިހާރު ރާއްޖޭގެ އެކި ރަށްރަށުގައ ހިނގަމުން އެބަދެ އެވެ. ހަމައެއާއެކު ނުވަ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް މިހާތަނަށް ކޮންޓްރެކްޓް ކޮށް އަދި ނުފެށި އެބަވެ އެވެ.

މީގެ އިތުރުންވެސް ވައިގެ މަގުން ގުޅައިލުމުގެ މަސައްކަތުގެ ތެރެއިން ކަނޑުދަތުރުގެ ވިހިތިރީސް މިނިޓްގެ ދަތުރަކަށްފަހު، އެއާޕޯޓަކަށް ދެވޭނެ ގޮތް ހަމަ ޖެއްސުމަށްޓަކައި އެއާއެޕޯޓްތައް އިތުރު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެއާއެކު
ތިލަމާލެ ކަނެކްޓިވިޓީގެ ބުރިޖްގެ މަސައްކަތްވެސް އަންނަ އަހަރު ފެށިގެންދާއިރު މިއީ އެންމެ ބޮޑު އުމްރާނީ އެއް މަސައްކަތައް ވެގެންދާނެއެވެ.