Last Updated: July 13, 13:32
Sunday, July 13, 2025
ޚަބަރު

ހިޔާ ފްލެޓަކީ ގޯސް ޕްލޭނެއް، ތަޅާލަންވެސް ވިސްނިން: އަސްލަމް

މިނިސްޓަރު މުހައްމަދު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހިޔާ ފްލެޓް އަޅާފައިވަނީ އެއްވެސް ޕްލޭނެއް ނެތި ކަމަށާއި، އެތަން ތަޅާލަންވެސް ވިސްނި ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ފަންސަވީސް ބުރީގެ އިމާރާތްތަކެއް ޖެހިޖެހިގެން އެޅުމަކީ ގޯސް ޕްލޭނެއް ކަމަށެވެ.

"އައްޑޫސިޓީގެ އާބާދީއަށް ވުރެ ބޮޑު އާބާދީއެއް ކުޑަކުޑަ ތަންކޮޅަކަށް ޖަމާކޮށްފައި ބާއްވަން، އެޕްލޭން ކުރުން އެއީފުރަތަމަ ގޯސް ނިންމުމެއް." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެތަނަކީ ކޮތަރު ކޮށްޓެކޭ ބުނުމުން އޭނާއަށް ގިނަ ފާޑުކިޔުންތައް އަމާޒުވި ކަމަށާއި، އަދި ފްލެޓް ދިނުމަށް ބުނަމުން ދިޔަ ކަމަށެވެ. އެހެންކަމުން ފްލެޓް "އެހެރީ ދީފަ" ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

"ވިސްނިން ތަޅާލަން ވެސް. އަޅުގަނޑު އަމިއްލައަށް އެކަނި ނިންމާ ނިންމުމެއް ނަމަ ތަޅާލީމުސް." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުންވެސް ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ހިޔާ ފްލެޓުތަށް ކުށުގެ ހާއްޔަކަށްވީ ނަމަވެސް އެތަނުގައި ދެން ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށެވެ. އަދި އެކަންކަނ ްހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ފުލުހުން ކުރާނެ ކަމަށެވެ.