އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މުނު މަހާވަރް، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
އަދި ޑިމޮކްރަޓިކް މުއައްސަސާތައް ހަރުދަނާ ކުރުމަށް ދެގައުމުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.
High Commissioner @AmbMunu Mahawar called on H'ble Speaker @MohamedNasheed @MVPeoplesMajlis
today.Parliamentary exchanges are vital part of 🇮🇳 🇲🇻 P'ship. Discussions covered forthcoming exchanges & capacity building programmes aimed at strengthening democratic institutions. pic.twitter.com/eAbQPTwlBp
— India in Maldives (@HCIMaldives) November 23, 2021
އިންޑިއާ އިން ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރެއް މުނު މުވާހަރް އަކީ އިންޑިއާއިން އޮމާނަށް ކުރިން ކަނޑަޅާފައި ހުންނެވި ސަފީރެވެ.
މީގެކުރިން އިންޑިއާގެ ސަފީރުގެ ގޮތުގައި ހުންނެވި ސަންޖޭ ސުދީރު މަގާމާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުގެ މާޗު މަހު އެވެ.
މި ސަރުކާރު އައުމާއެކު ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ވެގެން ގޮސްފައެވެ. އެގޮތުން ރާއްޖޭގައި ހިންގާ ތަރައްގީގެ ގިނަ ޕްރޮޖެކްޓުތަކަށް އިންޑިއާ އިން އަންނަނީ އެހީތެރިކަން ފޯޯރުކޮށްދެމުންނެވެ.