Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ބްލެކްމެއިލް ކުރުމުގެ ކުށް ބެންޒިމާގެ މައްޗަށް ސާބިތުވެއްޖެ

ރެއާލް މެޑްރިޑް އަދި ފްރާންސްގެ ގައުމީ ޓީމަށް ކުޅޭ ސްޓްރައިކަރު ބެންޒިމާގެ މައްޗަށް ކޮށްފައިވާ ބްލެކްމެއިލް ކުރުމުގެ ކުށް ސާބިތުވެއްޖެއެވެ.

ބެންޒިމާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ބެންޒެމާއަށް އެއް އަހަރު ދުވަހުގެ ސަސްޕެންޑް ޖަލު ހުކުމެއް އިއްވައި، 75،000 ޔޫރޯގެ ޖޫރިމަނާއެއް ދެއްކުމަށް އަމުރުކޮށްފައެވެ.

ގްރީސްގެ ކްލަބެއް ކަމަށްވާ އޮލިމްޕިއާކޮސް އަށް ކުޅޭ މެތިއު ވަލްބުއޭނާ ބްލެކްމެއިލްކުރުމުގެ މައްސަލައިގައި، ބެންޒިމާގެ އިތުރުން އިތުރު 4 މީހަކަށް ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް ފްރެންޗް ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ވިދާޅުވީ، މި ދައުވާގެ ސަބަބުން ބެންޒިމާ ގައުމީ ޓީމަށް ކުޅުމުގެ ފުރުޞަތު ނުގެއްލޭ ކަމަށެވެ.

2015 ވަނަ އަހަރު ފެންމަތިވި މި މައްސަލައިގައި، ބެންޒެމާ އަބަދުވެސް އެ ތުހުމަތުތައް ދޮގުކުރަމުން އަންނަ އިރު، އޭނާ ވަނީ ވަލްބުއެނާ އަށް އެހީވާން މަސައްކަތް ކުރަނީ ހަމައެކަނި ކޮމްޕްރޮމައިޒް ކޮށްފައިވާ ވީޑިއޯ އިން ސަލާމަތްވުމަށް ކަމަށް ބުނެފަ އެވެ. އޭގެ ފަހުން ކުޅުންތެރިޔާ އެނބުރި ފްރާންސް ޓީމަށް އައިސްފައިވެއެވެ.

ބެންޒެމާ މި ހުކުމަށް ވާރސެލީސްގެ ކޯޓަށް ހާޒިރުވެފައި ނުވާއިރު، ގްރީސްގެ ކްލަބެއް ކަމަށްވާ އޮލިމްޕިއާކޮސް އަށް ކުޅެމުން އަންނަ ވަލްބުއެނާ ވެސް ކޯޓަށް ހާޒިރުކޮށްފައެއް ނުވެއެވެ.