މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް 10،000 މެމްބަރުން ހަމަކޮށްފި އެވެ.
އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ކުރެއްވި ޓްވީޓެއްގައި ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އެމްއެންޕީގެ މެންބަރުންގެ އަދަދު 10000 އަށްވުރެ އިތުރު ކުރުމަށްޓަކާ މަސައްކަތްކޮށްދެއްވި ޕާޓީގެ ހުރިހާ މެންބަރުންނަށް މަރުހަބާއާއި ޝުކުރު އަދާކޮށްފައެވެ.
"އެމްއެންޕީ އަކީ ކުރިމަގު އުޖާލާ ޕާޓީއެއް" ނާޒިމް ވިދާޅުވި އެވެ.
ކުރު މުއްދަތެއްގެ ތެރޭގައި އެމްއެންޕީގެ މެންބަރުންގެ އަދަދު 10000 އަށްވުރެ އިތުރު ކުރުމަށްޓަކާ މަސައްކަތްކޮށްދެއްވި ޕާޓީގެ ހުރިހާ މެންބަރުންނަށް މަރުހަބާއާއި ޝުކުރު ދަންނަވަން. އެމްއެންޕީއަކީ ކުރިމަގު އުޖާލާ ޕާޓީއެއް. pic.twitter.com/ydyOqMHKjO
— Col(rtd)Mohamed Nazim MP (@nazim7878) November 24, 2021
އެމްއެންޕީ އަށް 10،000 މެމްބަރުން ހަމަކުރުމުގެ ގޮތުން އެ ޕާޓީގެ ލީޑަޝިޕުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދާދިފަހުން ދަތުރުތަކެއް ކޮށްފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެމްއެންޕީ ރަޖިސްޓްރީކޮށްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވީ މި މަހުގެ އަށް ވަނަ ދުވަހެވެ. އެ ޖަލްސާގައި، ޕާޓީގެ އިންތިގާލީ ރައީސް ކަމަށް ހަމަޖެއްސީ ނާޒިމް އެވެ. އެ ޖަލްސާގައި ވަނީ އެމްއެންޕީގެ ވަގުތީ އިންޓެރިމް އެގްޒެކެޓިވް ކައުންސިލަށް ވެސް މެމްބަރުން އިންތިހާބުކޮށްފައެވެ.
އެމްއެންޕީ އަކީ ރާއްޖޭގެ 11 ވަނަ ސިޔާސީ ޕާޓީ އެވެ.