Last Updated: October 4, 22:10
Wednesday, October 4, 2023
ޚަބަރު

އަންހެނުންގެ ކޮމިޓީން ފަންތޮށި ކޯހެއް ބާއްވަނީ

އަންހެނަކު ފަންގި ވިނުމުގެ މަސައްކަތުގައި: ފޮޓޯ - ޕީއެސްއެމް

އައްޑޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ފަނުން ތަކެތި ވިއުމުގެ ކޯހެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ދިވެހި ސަގާފީ މަސައްކަތްތައް ދިރުވާ އާލާ ކުރުމުގެ ގޮތުން އައްޑޫސިޓީގެ ހުރިހާ އަވަށަކަށް އަމާޒުކޮށްގެން އތމ ކޮމިޓީން ކުރިއަށްގެންދާ މި ކޯހުގައި ފަން ބޭނުންކޮށްގެން 10 ވައްތަރެއްގެ ތަކެތި ހަދާނެ ގޮތް ދަސްކޮށްދޭނެއެވެ.

އތމ ކޮމިޓީން އިއުލާންކޮށްފައިވާ ގޮތުގައި ޖުމުލަ 4 ކްލާހަކަށް ބަހާލައިގެން މި ކޯސް ކުރިއަށް ގެންދެވޭނެއެވެ. އެގޮތުން، ހިތަދޫ 1 ކްލާސް، މަރަދޫ އަދި މަރަދޫފޭދޫ 1 ކްލާސް، ފޭދޫ 1 ކްލާސް އަދި ހުޅުދޫ-މީދޫ 1 ކްލާސް އޮންނާނެކަމަށްވެސް އެ ކޮމިޓީން ބުނެއެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުންވާ މީހުން 29 ނޮވެމްބަރު 2021 ވާ ހޯމަދުވަހުގެ 14:00ގެ ކުރިން ފޯމު ފުރުއްވުމަށްވެސް އތމ ކޮމިޓީން ވަނީ އެދިފައެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް އެ ކޮމިޓީގެ ނަންބަރު 9336787 އަށް ގުޅުއްވުމަށްވެސް ވަނީ އެދިފައެވެ.