Last Updated: June 9, 10:24
Friday, June 9, 2023
ޚަބަރު

ހިޔާގައި ދިރިއުޅޭ އާބާދީ 5000 އަށް

ފޮޓޯ: ފަޔާޒު މޫސާ / މިހާރު

5000 އެއްހާ މީހުން ހިޔާ ޓަވަރުތަކުގައި ދިރިއުޅޭކަމަށް އެޗް.ޑީ.ސީއިން ބުނެފިއެވެ.

ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފައިވަނީ ހިޔާ ޓަވަރުތަކުގައި މިހާރު ގާތްގަނޑަކަށް 1000 ވަރަކަށް އާއިލާ އުޅޭނެކަމަށާއި، ކޮންމެ އާއިލާއެއްގައިވެސް ގާތްގަނޑަކަށް 5 މެމްބަރުން ތިބޭނެކަމަށެވެ.

ހިޔާގެ 25 ބުރީގެ 16 ޓަވަރުގައި ޖުމުލަ 35،000 މީހުންނަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެއެވެ. މިއީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިިޓީ، އައްޑޫ ސިޓީގެ އާބާދީއަށްވުރެ ބޮޑު އާބާދީއެއްކަން މިނިސްޓަރު އަސްލަމްވެސް ވަނީ ފާހަގަކުރައްވާފައެވެ.

ހިޔާގައި މިވަގުތު ދިރިއުޅޭ މީހުންގެ އަތުން ކުއްޔެއް ނުނަގައެވެ. ނަމަވެސް އަންނަ ޖެނުއަރީމަހުން ފެށިގެން ކުލި ނަގާގޮތަށް ސަރުކާރުން އޮތީ ނިންމާފައެވެ. އެހެންނަމަވެސް، މި ގްރޭސް ޕީރިއަޑް ތެރޭގައި ފިނިޝިންގެ މަސައްކަތް ނުނިމޭނަމަ، މުއްދަތު އިތުރުކުރަން މަޝްވަރާ ކުރަމުން އަންނަކަމަށް އެޗް.ޑީ.ސީން ވަނީ ބުނެފައެވެ.

އެޗް.ޑީ.ސީން މިވަގުތު އަންނަނީ ހުޅުމާލެ ފޭސް 2 ގެ މަގުތައް ހަދައި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ވިޔަފާރީގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ މަސައްކަތް އަވަހަށް ނިންމުމަށް ކުންފުނިތަކަށް ބާރު އަޅަމުންނެވެ.