Last Updated: December 2, 22:38
Thursday, December 2, 2021
ޚަބަރު

ސްވީޑަންގެ ފުރަތަމަ އަންހެން ބޮޑުވަޒީރު 1 ދުވަސް ނުވަނީސް އިސްތިއުފާ ދެއްވައިފި

ފޮޓޯ: އެރިކް ސިމަންޑަރ، ޓީޓީ ނިއުސް އޭޖެންސީ (ރޮއިޓާސް)

ސްވީޑަންގެ ފުރަތަމަ އަންހެން ބޮޑުވަޒީރު މަގްޑަލެނާ އެންޑަސަނަށް ބޮޑުވަޒީރުކަން ލިބުނުތާ 1 ދުވަސް ނުވަނީސް އިސްތިއުފާ ދެއްވައިފިއެވެ.

އުމުރުން 54 އަހަރުގެ އިކޮނޮމިސްޓް، އެންޑަސަން ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވީ އެކަމަނާ ހުށަހެޅުއްވި ބަޖެޓް ފާސްނުވުމުގެ އިތުރުން ކޯލިޝަން އެއް ޕާޓީ ސަރުކާރާ ވަކިވުމުންނެވެ.

މިކަމާއިގުޅިގެން އެންޑަސަން ވިދާޅުވީ، ކޯލިޝަން ސަރުކާރަކުން އެންމެ ޕާޓީއެއް ވަކިވެއްޖެނަމަ އިސްތިއުފާ ދޭންޖެހޭ ކަމަށާއި، ގާނޫނީ ގޮތުން ސުވާލު އުފެދޭ ސަރުކާރެއްގެ އިސްވެރިއަކަށް ހުންނަވަން ބޭނުންފުޅު ނުވާކަމަށެވެ.

އިދިކޮޅު ޕާޓީތަކުން ހުށަހެޅުއްވި ބަޖެޓް ފާސްވުމާއި ގުޅިގެން އެންޑަސަން އިސްތިއުފާ ދެއްވާފައިވާއިރު، އެކަމަނާ އުއްމީދު ކުރައްވަނީ މައިނޯރިޓީ ސަރުކާރަކާއެކު އަލުން ބޮޑުވަޒީރުކަމަށް އައުމަށެވެ. ފާއިތުވެދިޔަ 7 އަހަރު ސްވިޑަންގެ ފިނޭންސް މިނިސްޓަރުކަންވެސް ކޮށްފައިވާ އެންޑަސަން އަކީ، ސްވީޑަންގައި އަންހެނުންނަށް ވޯޓުލުމުގެ ހައްގު ލިބުނުތާ 100 އަހަރުފަހުން ބޮޑުވަޒީރުކަމަށް އިސްކުރެވުނު ފުރަތަމަ އަންހެން ބޭފުޅާއެވެ.