Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ސައިކަލު ރޯކޮށްލި ހާދިސާއާއެކު ބާރަށު ސްކޫލް ޕްރިންސިޕަލް އެ ރަށުން ފައިބައިފި

ސައިކަލު ރޯކޮށްލި ހާދިސާއާއެކު ހއ. ބާރަށު ސްކޫލް ޕްރިންސިޕަލް އެ ރަށުން ފައިބައިފިއެވެ.

މިދިޔަ ހޯމަދުވަހުގެ ރޭ ހއ. ބާރަށު ސްކޫލްގެ ޕްރިންސިޕަލް އަމްޖަދު ހުސައިންގެ ސައިކަލު ރޯކޮށްލުމާއި ގުޅިގެން ތިން ކުދިންނާ އަންހެނުންނާއެކު އަމްޖަދު ބާރަށުން ފުރީ، ރަށު ސްކޫލުން ވަކިވެގެންނެވެ. އަދި އަމްޖަދުގެ އާއިލާއަށް މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން އަސަރު ކޮށްފައިވާކަމަށް ބާރަށު ކައުންސިލް މެމްބަރު އަލީ ޝަމީމް ވަނީ ވިދާޅުވެފައެވެ.

އަމްޖަދު ހުސެއިނަކީ ނ. ވެލިދުއަށް ނިސްބަތްވާ މީހެކެވެ. އަދި އޭނަ މިވަގުތު ށ. އަތޮޅުގެ ސްކޫލަކަށް ބަދަލުވެފައިވާ ކަމަށް މައުލޫމާތު ލިބޭކަމަށް ބާރަށު ކައުންސިލްގެ ރައީސް ސޮފާތު މުހައްމަދު ވަނީ ވިދާޅުވެފައެވެ.