Last Updated: December 6, 23:06
Wednesday, December 6, 2023
ޚަބަރު

އެހީއަށް ބޭނުންވާ މީހުންގެ ފޮޓޯތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަނީ

އެކިއެކި ސިއްހީ ކަންކަމުގައި އެހީއަށް ބޭނުންވާ މީހުންގެ ފޮޓޯތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

ދޮގު މައުލޫމާތު ހިމަނައިގެން މިފަދަ ޕޯސްޓުތައް ފޭސްބުކުގައި ހިއްސާކުރާ މައްސަލަތަކެއް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.

އަދި މި ޕޯސްޓުތަކުގައި އެހެން މީހެއްގެ އެކައުންޓް ނަންބަރު ޖަހައި، އެ އެކައުންޓަކީ އެހީއަށް އެދޭ ފަރާތުގެ އާއިލާ މީހެއްގެ އެކައުންޓުކަމަށް ބުނެ މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.

މިފަހަކުން ފޭސްބުކް އެކައުންޓުތައް ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.