Last Updated: July 27, 10:35
Saturday, July 27, 2024
ޚަބަރު

ބީއެމްއެލް ވާއު ކިޑްސް ރަން ޑިސެމްބަރު 17 ގައި

ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް އަދި ޓޯޓަލް ފިޓްނެސް ގްރޫޕް ގުޅިގެން ބާއްވާ ބީއެމްއެލް ވާއު ކިޑްސް ރަން ޑިސެމްބަރު 17 ގައި ބާއްވަން ނިންމައިފިއެވެ.

މި ދުވުމުގައި ބައިވެރިވާން ރަޖިސްޓަރީވުމުގެ ފުރުސަތު ޑިސެމްބަރު 2 އިން ފެށިގެން ހުޅުވާލެވޭނެކަމަށް ބީއެމްއެލް އިން ބުނެއެވެ.

1200 ކުދިން ބައިވެރިކުރުވައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ދުވުން އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އަދި 4 އަހަރާއި 6 އަހަރާ ދެމެދު، 6 އަހަރާއި 8 އަހަރާ ދެމެދު، 8 އަަހަރާއި 10 އަހަރާ ދެމެދު އަދި އޭގެއިތުރުން 10 އަހަރާއި 13 އަހަރުގެ އުމުރުފުރާގެ ކުދިންނަށް މި ދުވުމުގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

މި ދުވުމަކީ 2016 ވަނަ އަހަރުން ފެށިގެން ބީއެމްއެލްއިން ބާއްވަމުން އަންނަ އިވެންޓެކެވެ.