Last Updated: December 2, 22:38
Thursday, December 2, 2021
ޚަބަރު

ދީނާ ހިލާފު ވާހަކަ ދެއްކި ޓީޗަރު ސަސްޕެންޑްކޮށްފި

އައްޑޫ ސިޓީ ހުޅުދޫ-މީދޫ ސ.އަތޮޅު މަދަރުސާގެ ގްރޭޑް 8 ގައި ކިޔަވައިދޭ އިންޑިއާގެ ޓީޗަރަކު ދީނާ ޚިލާފު ވާހަކަތަކެއް ދެއްކި މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފިއެވެ.

އެ ޓީޗަރު ސަސްޕެންޑް ކުރުމަށްފަހު އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ އިތުރަށް ބަލަމުންނެވެ.

އެ ޓީޗަރު ވަނީ މިދިޔަ ހޯމަ ދުވަހު "ކަލާނގެ ވޮޑިގެން ނުވާ" ކަމާއި ގުރުއާނުގައި ވަނީ "ހިޔާލީ ވާހަކަތަކެއް" ކަމަށް ބުނެ ދީނާ ހިލާފު ވާހަކަތަކެއް ކްލާހެއްގައި ދައްކާފަ އެވެ. އަދި "ކަލާނގެ ވޮޑިގެންވާ" ކަމުގެ ހެކި ދެއްކުމަށް ވެސް އެ ޓީޗަރު ވަނީ ދަރިވަރުންގެ ކިބައިން އެދިފަ އެވެ.

މިކަމާ ގުޅިގެން ދަރިވަރެއްގެ ފަރާތުން ޝަކުވާ ހުށަހެޅުމުން އެ މައްސަލަ އެ ސްކޫލުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިކަމުގައި ފިޔަވަޅު އަޅާނީ ސްކޫލުން މި މައްސަލަ ތަހުގީގު ކުރުމަށްފަހު ފޮނުވާ ރިޕޯޓަށް ބެލުމަށްފަހު ކަމަށެވެ.