Last Updated: July 27, 10:35
Saturday, July 27, 2024
ވިޔަފާރި

އައްޑޫގައި ވެހިކަލް ފެރީގެ ޚިދުމަތް ފަށަނީ

ވެހިކަލް ފެރީގެ ޚިދުމަތް ޓެސްޓުކުރުމުގައި އެމް.ޓީ.ސީ.ސީގެ މުވައްޒަފުން: ފޮޓޯ - އިމްސާދު

އައްޑޫ ސިޓީގައި ވެހިކަލް ފެރީގެ ޚިދުމަތް ދިނުމަށް އެމް.ޓީ.ސީ.ސީން ތައްޔާރުވެއްޖެއެވެ.

އެމް.ޓީ.ސީ.ސީން އައްޑޫގައި ދެމުންގެންދާ ފެރީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ހުޅުދޫ-މީދޫއިން ސ.ފޭދޫއަށް ވެހިކަލް ފެރީގެ ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ. އަދި އެކަމަށް ބޭނުންވާ ވަޞީލަތްތައް ގެނެސް، ޚިދުމަތް ފެށުމަށް އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.

ވެހިކަލް ފެރީގެ ޚިދުމަތް ދިނުމަށް ބޭނުންވާ ވަޞީލަތްތައް އެމް.ޓީ.ސީ.ސީން ވަނީ އިންސްޓޯލްކޮށްފައި: ފޮޓޯ – އިމްސާދު

އައްޑޫގައި މިހާރުވެސް ފެރީގެ ޚިދުމަތް ރަނގަޅުކުރުމަށްޓަކައި އެމް.ޓީ.ސީ.ސީން ވަނީ އޭސީ ލޯންޗުގެ ޚިދުމަތްވެސް ތައާރަފްކޮށްފައެވެ.

އެމް.ޓީ.ސީ.ސީގެ ސަދަން ޓްރާންސްޕޯޓް ލިންކުން ހުޅުދޫ-މީދޫ އަވަށްތަކުން ހިތަދޫ އަދި ފޭދޫ އަވަށަށް ފެރީ ލޯންޗް އަދި ފެރީ ދޯނީގެ ޚިދުމަތް ދެނީ އަންނަމުންނެވެ. އަދި މިވަގުތުވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ބަހުގެ ޚިދުމަތް އެމް.ޓީ.ސީ.ސީން އަންނަނީ ދެމުންނެވެ.