Last Updated: July 16, 00:49
Tuesday, July 15, 2025
ޚަބަރު

އެލްޖީއޭގެ ނައިބު ރައީސަކަށް ނިއުމާ އިންތިހާބުކޮށްފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސްގެ މަގާމަށް ފާތިމަތު ނިއުމާ އިންތިޚާބު ކޮށްފި އެވެ.

ނިއުމާ އަކީ ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން އެލްޖީއޭ ބޯޑަށް އައްޔަން ކުރައްވާފައިވާ ފަރާތެކެވެ.

ގާނޫނު އޮންނަ ގޮތުން އެލްޖީއޭގެ ރައީސްގެ މަގާމުގައި ހުންނަވާނީ އެލްޖީއޭ ހިންގުން ރައީސުލް ޖުމްހޫރިއްޔާ ހަވާލުކުރާ މިނިސްޓަރެވެ. މި ވަގުތު އެލްޖީއޭ ހިންގުން ހަވާލު ކުރައްވާފައި އޮތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކަމަށްވާތީ އެލްޖީއޭގެ ރައީސަކީ އިމްރާން އެވެ.

އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ (ސީއީއޯ) މަގާމު ފުރުއްވަނީ އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް އެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އެކުލެވިގެންވަނީ 9 މެމްބަރުންގެ މައްޗަށެވެ.