Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

އައްޑޫ އިން އިތުރު 24 މީހަކަށް ކޮވިޑް ޖެހިއްޖެ

އައްޑޫ ސިޓީން އިތުރު 24 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 24 ކޭސްގެ ތެރެއިން 21 ކޭސް ފެނިފައިވަނީ ހިތަދޫ އިން ކަމަށެވެ. އަދި ދެ ކޭސް މަރަދޫން ފެނިފައިވާއިރު، މީހުން އެއް ކޭސް ފެނިފައިވެ އެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ހިތަދޫގަ އެވެ. އެގޮތުން ހިތަދޫގައި ކޮވިޑްގެ 170 ކޭސް އުޅޭއިރު، މަރަދޫގައި 43 ކޭސް، ފޭދޫގައި 27 ކޭސް، މަރަދޫފޭދޫގައި ހަތަރު ކޭސް، މީދޫގައި 39 ކޭސް އަދި ހުޅުދޫގައި ފަސް ކޭސް އުޅޭ ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 290 އަށް އަރާފައެވެ.

އައްޑޫ ކޮވިޑް ފެސިލިޓީގައި ހަތަރު މީހަކަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫ އިން ވަނީ 11 މީހަކު ނިޔާވެފައެވެ.