Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

ކޮވިޑް ޖެހުނު 89،000 މީހުން ރަނގަޅުވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލް - ފޮޓޯ: ސަން

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 89،000 އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެއާއެކު މި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 89،029 އަށް އަރާފައެވެ.

މި ބަލިން ރަނގަޅު ނުވެ 1832 މީހުން ތިބިއިރު، އޭގެތެރެއިން 14 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. ކޮވިޑްގައި މިހާތަނަށް ރާއްޖެއިން ވަނީ 248 މީހަކު މަރުވެފައެވެ.

ކޮވިޑަށް މިއަދު 76 މީހުން ޕޮޒިޓިވް ވެފައިވާއިރު، މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 91،122 އަށް އަރާފައެވެ.