Last Updated: April 25, 17:01
Thursday, April 25, 2024
ޚަބަރު

ހުކުމުން ސާފުވީ ދައުވާ އުފުލުމުގައާއި ތަހުގީގީ އިދާރާތްތައް ހަރުދަނާކުރަންޖެހޭ ކަން: މޫސާ ސިރާޖު

މޫސާ ސިރާޖު - ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގައި ސުޕްރީމް ކޯޓުން އިއްވި ހުކުމުން ސާފުވަނީ ތަހުގީގީ އިދާރާތްތައް ހަރުދަނާކުރަންޖެހޭ ކަމާއި ދައުވާ އުފުލުމުގައި ހަރުދަނާވާންޖެހޭކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރި އިރު، އެ ހުކުމާ ގުޅިގެން މޫސާ ސިރާޖު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، ފަނޑިޔާރުގޭގެ ހުކުމް ސާފު ކަމަށާއި، ސިޔާސީ މީހަކަށް ވީތީ އިންސާފުން ބޭރުން ހުކުމެއް ނީއްވާނެ ކަމަށެވެ.

"ހުކުމުން ސާފުވީ ތަހުގީގީ އިދާރާތްތައް ހަރުދަނާކުރަންޖެހޭ ކަމާއި ދައުވާ އުފުލުމުގައި ހަރުދަނާވާންޖެހޭކަން."

މޫސާ ސިރާޖް ވިދާޅުވީ ބޮޑެތި ގިނަ މައްސަލަތަށް ގެއްލެނީ ތަހުގީގުކުރުމުގައި ހެދޭ ގޯސް ގިނަކަމުން ކަމަށެވެ.

ވޮޑަމުލާގެ މައްސަލައިގައި ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވާ 5 މިލިއަން ޑޮލަރުން ޖުރިމަނާކޮށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2019 ނޮވެމްބަރު 28 ވަނަ ދުވަހުއެވެ. އެ ހުކުމަށް ހައިކޯޓުންވެސް ތާއީދު ކޮށްފައިވެއެވެ. އެހެެންނަމަވެސް ސުޕްރީމް ކޯޓުން މިއަދ ވަނި އެ ހުކުމް ބާތިލުކޮށް އެމަނިކުފާނު މިނިވަން ކޮށްފައެވެ.