Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ޔާމީނަށް ރަތް ދޫލައިގައި މަރުހަބާ ކިޔައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމުން އެމަނިކުފާނަށް ރަތް ދޫލައިގައި މަރުހަބާ ކިޔައިފިއެވެ.

ޔާމިންގެ މައްޗަށް 2019 ނޮވެމްބަރު 28 ވަނަ ދުވަހު ފަސް މިލިއަން ޑޮލަރުން ޖުރިމަނާ ކޮށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އޭގެ ދެ އަހަރު ފަހުން މިއަދު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފައެވެ.

ހުކުމް ބާތިލުކޮށް ޔާމީން މިނިވަން ކުރުމުން، އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ހިމެނޭ ސަރަހައްދަށް އެއްވެ އުފާފާޅުކުރަން ފަށާފައެވެ. އަދި އެމަނިކުފާނު އެނބުރި ގެކޮޅަށް ވަޑައިގެންނެވުމުން މަރުހަބާ ކިޔާފައިވަނީ ރަތް ދޫލައިގައެވެ.

ވޮޑަމުލާގެ މައްސަލައިގައި ސުޕްރީމް ކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކުރިއިރު, ވ. އާރަށް އަދި ރ. ފުއްގިރިގެ މައްސަލައިގައިވެސް ރައީސް ޔާމީންގެ މައްޗަށްވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ.