Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ހުކުރު ދުވަހު

ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ އިދިކޮޅުގެ ޖަލްސާއެއް ހުކުރު ދުވަހު ބޭއްވުމަށް ތައްޔާރު ވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހުކުރުދުވަހުގެ ރޭ އިދިކޮޅުގެ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

މި ޖަލްސާގައި ރައީސް ޔާމީންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. ކާނިވާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާއާ ގުޅޭ އިތުރު މައުލޫމާތުތައް މިއަދު ހާމަކުރާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ އެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަވަނިކޮށް ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އިއްޔެއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ މައްޗަށް އިތުރު ދެ ރަށެއްގެ މައްސަލައިގައި މިހާރުވެސް އޮތީ ދައުވާ އުފުލާފައެވެ. ވ. އާރަށް އަދި ރ. ފުއްގިރިގެ މައްސަލައިގައިވެސް ރައީސް ޔާމީންގެ މައްޗަށްވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ.