Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

މިދުހަތުގެ ތުހްމަތުތައް ދޮގުކޮށް އަލީ ޒާހިރުގެ ހޫނު ރައްދެއް

ޕީއެސްއެމްބޯޑުގެ ކުރީގެ މެމްބަރު މިދުހަތު

ދައުލަތުގެ މީޑިޔާ ހިންގާ، ޕީއެސްއެމްބޯޑުގެ ކުރީގެ މެމްބަރު އަލީ މިދުހަތު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ކުރި ތުހްމަތުތައް އޭނާ ދޮގުކޮށް ވަރުގަދަ ރައްދެއް ދެއްްވައިފި އެވެ.

ދާދިފަހުން ޕީއެސްއެމް ބޯޑުގެ މެމްބަރުކަމުން ވަކިކުރި މިދުހަތު މިއަދު އޭނާގެ ފޭސްބޫކް އެކައުންޓް މެދުވެރިކޮށް އަލީ ޒާހިރަށް ބޮޑެތި ތުހްމަތުތަކެއް ވަނީ ކޮށްފަ އެވެ. މިދުހަތު އާއްމުކުރި ސްޓޭޓެސްގައި ވަނީ އަލީ ޒާހިރާ އޭނާއާ ދެކެވުނު ކަމަށްބުނާ ވާހަކަތަކެއް ދޭހަވާ ގޮތައް ޑައިލޮގްތަކެއް އާއްމުކޮށްފަ އެވެ.

އޭގައިވާ ގޮތުން އަލީ ޒާހިރު މިދުހަތު އާއި ބައްދަލުކޮށް ޕީއެސްއެމްބޯޑުގެ ބައެއް ނިންމުންތަކާ ގުޅޭ ގޮތުން މިދުހަތުކައިިރިން ބައެއް ކަންކަން އޮޅުންފިލުވަ އެވެ. އެގޮތުން ބިގައް ފައިސާދޭން ބޯޑުން ފާސްކުރި ނިންމުމާ އެއްކޮޅަށް ވޯޓު ނުދޭތޯ ސާފުކޮށްފައިވާ ކަމަށް މިދުހަތު ބުނެފައިވެ އެވެ. އަދި މިއަހަރު ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހާ ގުޅިގެން ޓީވީއެމް އިން ގެނެސްދިން ޕްރޮގުރާމްތަކާ ގުޅިގެން ނުރުހުން ފާޅުކުރިންތޯ ވެސް އޭނާ ކައިިރިން އަލީ ޒާހިރު އަހާފައިވާ ކަމަށް މިދުހަތު ބުނެފައިވެ އެވެ.

އަދި އެ ވާހަކަތަކަށްފަހު އޭނާ ވަނީ އެ ބޮޑުން ވަކިކޮށްފައި ކަމަށް މިދުހަތު ބުނެފައިވާއިރު އަލީ ޒާހިރު އާއި އޭނާ ވާހަކަ ދެެއްކީ ފޯނުން ކަމެއް ސީދާ ދިމާވެގެން ކަމެއް ނޭނގެ އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު – ފޮޓޯ: ރައީސް އޮފީސް

މި ވާހަކަތަކަށް ރައްދު ދެެއްވައި އަލީ ޒާހިރު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ މިދުހަތުއާ ދުވަހަކުވެސް ބައްދުވެފައިނުވާ ކަމަށެވެ. އަދި އޭނާ ދުވަހަކުވެސް ފޯނުންވެސް ދިމާނުވާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

މިދިހަތުގެ އެ ވާހަކަތައް ދެެއްވި ރައްދުގައި އަލީ ޒާހިރު ވިދާޅުވީ ދޮގު ހެދުމާއި ދޮގު ވާހަކަ ދެއްކުމަށް މޮޅު ބޭފުޅުން އުޅޭކަން މިއަދު އެނގިވަޑައިގެންފި ކަމަށެވެ. މިދުހަތު ފޭސްބޫކްގައި ލިޔުއްވާފައިވާ ސްޓޭޓަސްގެ ސްކްރީން ޝޮޓްތަކާއެކު އަލީ ޒާހިރު ދެއްވި ރައްދުގައި ވިދާޅުވީ ތިމާގެ ގުނަވަންތައް ތިމާއާ ދެކޮޅަށް ހެކިބަސްދޭނެ ދުވަހެއް އޮތްކަން ގަބޫލުނުކުރާ މުސްލިމުން އުޅޭކަން ވެސް އެނގިވަޑައިގެންފި ކަމަށެވެ.