Last Updated: January 28, 15:28
Friday, January 28, 2022
ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ޔޫއޭއީ އަށް

ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021 ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފައިޞަލް ނަސީމް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް މިރޭ ފުރާވަޑައިގެންފިއެވެ.

މި ކޮންފަރެންސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 4 އަދި 5 ވަނަ ދުވަހު އަބޫދާބީގައެވެ.

މި ކޮންފަރެންސްގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގަންނަވާނީ ޝަރަފުވެރި މެހެމާނުގެ ގޮތުގައެވެ. އަދި މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ކޮންފަރެންސް އިފްތިތާޙު ކުރާނީ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އެވެ.

އައިއޯސީ 2021 ގެ ޝިއާރަކީ "އިކޮލޮޖީ، އިކޮނޮމީ، އެޕިޑެމިކް" އެވެ.

ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021، ގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވައިގަތުމަށްވަނީ ހަމަޖެހިފައެވެ.