Last Updated: April 26, 05:51
Friday, April 26, 2024
ޚަބަރު

ސްކޫލް ކުދިންނާއި ދުވަސްވީ މީހުން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ބަސް ދަތުރު

ގްރޭޓާރ މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅުތެރޭގައިވެސް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ބަސް ދަތުރުކުރެވޭގޮތަށް އެމްޓީސީސީން ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ހަމަޖެހުނު ބަދަލާއެކު ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް 1 ޖެނުއަރީ 2022 އިން ފެށިގެން ޢާންމު ބަހުގެ ޚިދުމަތް ހިލޭ ލިބޭނެކަމަށެވެ.

މިވަގުތު އަތޮޅުތެރޭގައި ބަހުގެ ހިދުމަތް ދެމުން ގެންދަނީ އައްޑޫސިޓީގެ ހިތަދޫ އަދި ފޭދޫ އާއި ދެމެދު ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ދެވޭ ބަހުގެ ހިދުމަތެއްގެ ގޮތުގައެވެ.

އެމްޓީސީސީން ބުނެފައިވަނީ އައްޑޫ، ފުވައްމުލައް އަދި ލ. އަތޮޅުގެ ގަން، ފޮނަދޫ، އިސްދޫ، ކަލައިދޫ ގައި ބަހުގެ ހިދުމަތް ފެށުމަށްޓަކައި އާ ބަސްތަކެއް ހޯދުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށެވެ. އަދި މި އާ ބަސްތައް ލިބުމާއެކު ފުވައްމުލަކާއި ލ. އަތޮޅުގެ ރަށްތަކުގައިވެސް ބަހުގެ ހިދުމަތް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ލިބިގެންދާނެކަމަށެވެ.