Last Updated: April 27, 09:46
Saturday, April 27, 2024
ދުނިޔެ

އިންޑިއާގެ އާމީ ޗީފް އަވަހާރަވެއްޖެ

އިންޑިއާގެ އަސްކަރިއްޔާގެ ޗީފް އޮފް އާރމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތު އަވާހަރަވެއްޖެ އެވެ.

ބިޕިން އަވަހާރަވެފައިވަނީ އޭނާ ދަތުރުކުރެއްވި ހެލިކޮޕްޓަރު ޓެމިލް ނާޑޫއަށް ވެއްޓުމާ ގުޅިގެންނެވެ. ހެލިކޮޕްޓަރު ވެއްޓުނު އިރު އޭގައި 14 މީހުން ތިއްބެވެ. އޭގެތެރޭގައި ބިޕިންގެ އަނބިކަނބަލުން ވެސް އިންނެވިއިރު އެކަމަނާ ވެސް ވަނީ މި ހާދިސާގައި އަވަހާރަވެފަ އެވެ.

އިންޑިއަން އެއާފޯސް އިން ބުނިގޮތުގައި މި ހާދިސާގައި ސަލާމަތްވެފައިވަނީ އެންމެ ފަރާތެކެވެ. އެގޮތުން އޭނާ އަށް މިހާރު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ބިޕިން ދަތުރުކުރެއްވި އެމްއައި-17 މަރުކާގެ ހެލިކޮޕްޓަރަކީ އިންޑިއާ ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ދަތުރުކުރައްވާ ހެލިކޮޕްޓަރެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އުމުރުފުޅުން 63 އަހަރުގެ ބިޕިން އިންޑިއާގެ އަސްކަރިއްޔާގެ ޗީފް އޮފް އާރމީ ސްޓާފްގެ މަގާމާއި ހަވާލުވެލެއްވީ 2019 ވަނަ އަހަރުގެ ޖެނުއަރީގަ އެވެ.