Last Updated: January 19, 12:50
Wednesday, January 19, 2022
ޚަބަރު

މަސްވެރިންގެ ދުވަސް: ގާފަރު އަންހެނުން ދައްކަމުންދާ އާދަޔާ ހިލާފު ޖޯޝާފޯރި، އެހެން ރަށްތަކަށް ނަމޫނާއެއްް

ގާފަރުގައި މަސްވެރިން ދުވަސް ފާހަގަކުރުމަށް ވަމުންދާ ތައްޔާރީތައް

ރަށުތެރެ ސާފުކުރުމާއި ރަށުގެ އިޖްތިމާއީ މަސައްކަތުގައި ރަށުގެ ރައްޔިތުން އަގަގާ ނުލާ ނިކުތުމެ އުޅުމަކީ ބައެއް ރަށްރަށުގައި މިހާރު އޮންނަ ކަމެއް ނޫނެވެ. އަދި ސިޔާސީ ހިޔާލު ތަފާތުން ހުރިއްޔާ ރައީސް ޖުމްހޫރިއްޔާ ރަށަށް ވަޑައިގެންނެވިއަސް ރަށުގެ ރައްޔިތުން މަސައްކަތައް މިހާރު ނެރުމަކީ ވެސް އުނދަގޫ ކަމެވެ. ޒާމާނުންސުރެ ފެންނަމުންދިޔަ ރީތި އާދަތައް ނެތިގޮސްފައިވާ ދުވަސްވަރެއްގައި ކ.ގާފަރުން މި ފެންނަނީ އާދައިގެ ކަމެއް ނޫނެވެ.

މިއަދު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ރަސްމީ ޖަލްސާއަށް ގާފަރަށް ވަޑައިގެންނަވާތީ ރަށުގެ އަންހެންވެރިން ތިބީ މަސައްކަތުގައި ފޫގަޅާފަ އެވެ.

ރަށުގެ އިޖްތިމާއީ ސަރަހައްދުތައް ސާފުކުރުމަށް ކޮންޓެކްޓް އުސޫލުން ބަޔަކާ ހަވާލުކޮށްފައި އޮތް ނަމަވެސް މަސްވެރިންގެ ދުވަހާ ގުޅިގެން ރަށުގެ އެކި ސަރަހައްދު ސާފުކުރުމަށް ރަށު އޮފީހުން ގޮވާލުމުން އަންހެނެން ވެރިން އިޖާބަދިން ގޮތަކީ އާދައިގެ ކަމެއް ނޫނެވެ. ރަށުގެ އަންހެންވެރިން ގޮވައިގެން ރަށުތެރެ ސާފުކުރުމުގެ މަސައްކަތުގައި އިސްމޭސްތެރިއަކަށް އުޅުނީ ރަށުގެ އެންމެންވެސް ގަދަރާއި އިހްތިރާމްކުރާ ގާފަރު ކައުންސިލް އިދާރާގައި މަސައްކަތްކުރާ ރަޝީދާ އުމަރާއި ހާޖަރާ އުމަރެވެ.

މީގެ ކުރިން ރަށުގެ ކުޑަ ކަތީބުކަން ކޮށްފައިވާ ރަޝީދާ ވިދާޅުވި ގޮތުގައި މިފަހަރު މަސްވެރިންގެ ދުވަހަށް ތައްޔާރުވުމަށް ގާފަރު ކަނބަލުން އެކުރި މަސައްކަތަކީ އާދަޔާ ހިލާފު މަސައްކަތެކެވެ.

" ކޮންމެ ދުވަހަކު ގޮވާލި ކޮންމެ ވަގުތެއްގައި ރަށުގެ އަންހެނުން ނިކުމެ ރަށުތެރެ ސާފުކުރުމުގެ މަސައްކަތްކުރި. ދުވާލު ތިން ހަތަރު ފަހަރުވެސް ނިކުމެ މަސައްކަތްކުރި. މިއީ ގައުމީ ކަމެއް ކަމަށް ދެކިގެން ހުރިހާ އެންމެންވެސް ވަރަށް ފޯރީގައި މަސައްކަތްކުރީ،" ރަޝީދާ ވިދާޅުވި އެވެ.

ރަޝީދާ ވިދާޅުވި ގޮތުން މީގެ ކުރިން ގައުމީ ރޫހެއްގައި މިހާބޮޑު ފޯރިއެއް އެރަށުން އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ނުވަދިހާއިގެ އަހަރު ތެރޭގައި ބޭއްވި ގައުމީ ކާބާތޯކަތެތީގެ ދުވަހުގަ އެވެ.

ގާފަރުގައި ގައުމީ ފެންވަރެއްގައި މަސްވެރިންގެ ދުވަސް ފާހާގަކުރާ މިއީ ފުރަތަމަ ފަހަރެވެ. އެންމެ ކުރިންސުރެ ވެސް މަސްވެރިކަމަށް ބަރޯސާވެފައި އޮންނަ ގާފަރަށް މިއީ އައިސްފައިވާ ބޮޑު އީދެކެވެ. ރަށަށް މެހްމާނުންގެ ގޮތުގައިވެސް 300އެއްހާ މީހުން ރަށަށް އަރާނެ ކަމަށް ކައުންސިލުން ލަފާކުރެ އެވެ. އެހެން ކަމުން ފާއިތުވި ވިއްސަކަށް ތެރޭގައިވެސް ނާންނަފަދަ ބޮޑު ދުވަހަކަށް މިދުވަސް ވަނީވެފަ އެވެ. މިއާއެކު ރަށުތެރޭގައި ހަޑިއެންމެ ތަންކޮޅެއްވެސް ނުބޭއްވުމަކީ ރަށުގެ އަންހެވެރިންގެ އަޒުމަކަށް އޮތީވެފަ އެވެ.

ސިޔާސީ ހިޔާލު ތަފާތުވުން ދުރުކޮށް މަސައްކަތުގައި ގިނައީ ޕީޕީއެމްގެ ސަޕޯޓަރުން

"ރައީސް ވަޑައިގަންނަވާ ތަނަށް މި ފަހަރު ނުކެރޭނެ ރީނދޫ ބުރުގާ އަޅައިގެންދާކަށް. މިފަހަރު ރައީސް އަންނާތީ ހުރިހާ ކަމެއްގައިވެސް އެންމެ ބޮޑަށް އެ އުޅުނީ ޕީޕީއެމް މީހުން. އެމީހުން ގައުމީ ކަމެއް ދެކިގެން އެމީހުން ނުކުމެ ފޯރީގައި މިކަން އެކުރީ،" އެމްޑީޕީގައި އިސްކޮށް އުޅޭ އަންހެނަކު ޕީޕީއެމް މީހުނަށް ސަޕޯޓްކުރަމުން ބުނީ މިހެންނެވެ.

 

ރަށުގެ ސިޔާސީ ހިޔާލު ތަފާތުވުން ކިތަންމެ ބޮޑަސް އެކަން މިއަދަކު ގާފަރަކުންނުފެނެ އެވެ. ހާއްސަކޮށް ފާހަގަވީ ރަށަށް ރައީސް ވަޑައިގަންނަވާތީ ރަށުތެރެ ޒީނަތްރިކޮށް މަރުހަބާ ކިޔުމަށް ވާންޖެހޭ ތައްޔާރީތަކުގައި އަރުވާޖަހާފައި މަސައްކަތުގައި އުޅުނީ ޕީޕީއެމްގެ އިސްސަފުގައި މަސައްކަތްކުރާ އަންހެނުންނެވެ. އެކަން ރަށުގެ އެމްޑީޕީ މީހުންވެސް ފާހަގަކުރެ އެވެ.

ގާފަރުގައި މަސްވެރިން ދުވަސް ފާހަގަކުރުމަށް ވަމުންދާ ތައްޔާރީތައް

ރައީސް ސޯލިހް ވަޑައިގަންވާއިރަށް ރޭގަނޑުގެ ފަރިއްކޮޅަށް ކައްކަން ތިބި ގިނަ މީހުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ގާފަރުގައި ބޮނޑިބަތް ކައްކާ އުފާ ފާޅުކުރި މީހުނެވެ. ރައީސް ޔާމިނަށް އެމީހުންގެ ހިތުގައި އޮތް ލޮއްބާ ސަޕޯޓާއެކުވެސް ދައުލަތުގެ ވެރިޔާ އާއި އިއްޒަތްތެރިނަށް ކުރާ އިހްތިރާމް އެމީހުން ގެއްލުނުލާކަން ވަރަށް ސާފުކޮށް މިރަށުން މިއަދުފެނިގެން ގޮސްފައިވެ އެވެ.


ރަށަށް މިއަދު ރައީސުލް ޖުމްހޫރިއްޔާ ވަޑައިގަތުމަކީ ސިޔާސީ ކަމެއް ކަމަށް ރަށުގެ އެކަކުވެސް ނުދެކެ އެވެ. އެއީވެސް ތާފާތުކަމެކެވެ.

"ގިނަ މީހުން ހަމަ ނިދި ނުނިދާ މި ދެތިން ދުވަހު. ރަށަށް އައިސް އުޅޭ މެހްމާނުނަށް ކެއްކުމާއި ރަށު ތެރެ ސާފުކުރުމުގައި އެ އުޅުނީ. ވަރަށް ބުރަކޮށް ވަރަށް ގިނަ އަންހެނުން އެ އުޅުނީ،" ރަޝީދާ ވިދާޅުވި އެވެ.

ގާފަރުން ފެންނަ ނަމޫނާއަކީ ސިޔާސީ ހިޔާލުތަފާތުވުންތަކާއެކު ގައުމީ ކަންކަމުގެ ރޫހް ނެތިފައިވާ ރަށްރަށަށް ނަމޫނާއެކެވެ. ސިޔާސީ ކަންކަމާއި ގައުމީ ކަންކަމަކީ ވަކިކަމެއްކަން މިރަށުގެ މީހުން ބުނެދޭކަން ރަށުގެ އެންމެންވެސް ގަބޫލުކޮށްފި އެވެ. ރަށުގައި ޕީޕީއެމްގެ ކައުންސިލް މެޖޯރިޓީ އޮތަސް އެކަން މި ދުވަސްފާހަގަކުރުމުގައި ކުޑަކޮންވެސް ނުފެނެ އެވެ.

"ތައްޔާރީއެއް ބުންޏަސް އަހަރަމެން ހަނދާނުގައި މިފަހުގެ ތާރީހެއްގައި މިހާ ބޮޑަށް ތައްޔާރީވެފައި އޮއްވާ ނުދެކެން. ރެއާ ދުވާލު ހޭލާ ތިބެގެން މަދު މީސްކޮޅެއް އެކުރި މަސައްކަތައް ހަމަ ޝުކުރު ހައްގު. އަންހެންވެރިންވެސް އެކުރި ބުރަ މަސައްކަތް އެއީ އާދައިގެން ކަމެއް ނޫން،" މަސްވެރިންގެ ދުވަހަށް ގާފަރު ތައްޔާރުވީ ގޮތާ ގުޅޭ ގޮތުން އެރަށުގެ ފިރިހެނަކު ބުންޏެވެ.