Last Updated: April 23, 21:11
Tuesday, April 23, 2024
ދުނިޔެ

އޮމިކްރޯން ޖެހިގެން ޔޫކޭ އިން މީހަކު މަރުވެއްޖެ

ކޮވިޑް-19 ގެ އާ ވޭރިއަންޓް ކަމަށްވާ "އޮމިކްރޯން" ޖެހިގެން އިނގިރޭސިވިލާތުން މީހަކު މަރުވެއްޖެ އެވެ.

ޔޫކޭ އިން މި ވޭރިއަންޓްގައި މީހަކު މަރުވިކަން އިއުލާން ކުރެއްވީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އެވެ. މިއީ މި ވޭރިއަންޓްގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

ބޮރިސް ވިދާޅުވީ މިއީ ކޮވިޑްގެ އާދައިގެ ވައްތަރެއް ކަމަށްވީ ނަމަވެސް މި ވޭރިއަންޓް މީހުންގެ ތެރޭގައި ފެތުރެމުންދަނީ ބާރު ސްޕީޑެއްގައި ކަމަށެވެ. އަދި މިވަގުތު މިކަމަށް ކުރެވެން އޮތް އެންމެ ރަނގަޅު ކަމަކީ ވެކްސިން ޖެހުން ކަމަށްވެސް ބޮރިސް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުން އިއްޔެ އެކަނި ވެސް އޮމިކްރޯންގެ 1239 ކޭސް ފެނިފައިވެ އެވެ. އެގައުމުން މިހާތަނަށް ވަނީ އެ ވޭރިއަންޓްގެ 3137 ކޭސް ފެނިފަ އެވެ.

އޮމިކްރޯން ވޭރިއަންޓް އިނގިރޭސިވިލާތުން ފުރަތަމަ ފެނިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.