Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ކޮވިޑް-19 ގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު 8 ލައްކައަށް

ކޮވިޑް-19 ގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު 8 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.

ޖޯންސްސް ހޮޕްކިންސް ޔުނިވަރސިޓީން ބުނެފައިވާ ގޮތުގައި މިއީ މި ބަލީގައި އެންމެ ގިނަ މީހުން މަރުވި ގައުމެވެ. މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، ބަލީގައި މަރުވި އެންމެންގެ ހަނދާންތައް އާކުރާ ކަމަށާއި، މިއީ ވަރަށްވެސް ހިތާމަވެރި މައިލްސްޓޯނެއް ކަމަށެވެ.

މީގެއިތުރުން ބައިޑަން ވަނީ، އައު ވޭރިއަންޓުން ރައްކާތެރިވުމަށް އެންމެންވެސް ސަމާލުވާން އިލްތިމާސް ކޮށްފައެވެ.

އެމެރިކާގައި ކޮވިޑް ބަލިން މަރުވި މީހުންގެ މެޖޯރިޓީއަކީ ވެކްސިން ނުޖަހާ މީހުންނެވެ. ޑެލްޓާ ވޭރިއަންޓާއެކު އައި ބޮޑު ރާޅަށްފަހު، އެމެރިކާގެ އާބާދީގެ 60 އިންސައްތަ މީހުން ވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައެވެ.