Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އުތުރު އަދި ދެކުނު ކޮރެއާގެ ހަނގުރާމައަށް ނިމުމެއް ގެންނަން އެއްބަސްވެއްޖެ

އުތުރު ކޮރެއާގެ ސުޕްރީމް ލީޑަރު ކިމް ޖޮންގ އުން އާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖައެ-އިން

އުތުރު އަދި ދެކުނު ކޮރެއާގެ ހަނގުރާމައަށް ނިމުމެއް ގެންނަން އެ ދެ ގައުމުން އެއްބަސްވެއްޖެއެވެ.

1950 ވަނަ އަހަރުން ފެށިގެން 1953 ވަނަ އަހަރާ ހަމައަށް "ކޮރެއަން ހަނގުރާމަ" ހިނގާފައިވާއިރު، މި ހަނގުރާމަ ރަސްމީކޮށް ނިމުމަކަށް އައިސްފައެއް ނުވެއެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖައެ-އިން ވިދާޅުވީ، މި ހަނގުރާމައަށް ނިމުމެއް ގެންނަން ދެ ގައުމުގެ މެދުގައިވެސް އެއްބަސްވުމެއް އެކުލަވާލެވިފައިވާ ކަމަށެވެ. ނަމަވެސް މި އެއްބަސްވުމުގައި ސޮއިކުރުމާއި އެހެނިހެން ރަސްމީ ކަންކަމުގެ ތަފްޞީލެއް މޫން ޖައެ-އިން ހާމަ ނުކުރައްވައެވެ.

ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާގެ ހަނގުރާމައިގެ ސަބަބުން އެތައް އާއިލާއެއް ވަނީ ވަކިވެފައެވެ. އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ނިމުމަކަށް ގެނެސް، ދެ ކޮރެއާގެ ދެމެދުގައިވެސް ސުލްހަ ގާއިމުކުރުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ މަސައްކަތްޕުޅު ކުރައްވާފައެވެ. އަދި އެ މަސައްކަތުގައި ޓްރަމްޕަށް ބޮޑެތި ކުރިއެރުންތަކެއް ލިބިވަޑައިގެންނެވިކަންވެސް ފާހަގަކުރެވެއެވެ.