Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ހަޖަރުލް އަސްވަދު ޑިޖިޓަލްކޮށް، އިފްތިތާހުކޮށްފި

ޝައިޚް ސުދައިސް، ޑިޖިޓަލް ހަޖަރުލް އަސްވަދު އިފްތިތާހުކޮށްދެއްވަނީ

ޑިޖިޓަލްކޮށް ހަޖަރުލް އަސްވަދުގައި އަތްލުމުގެ ތަޖުރިބާ ކުރެވޭނެ އީޖާދެއް ތައާރަފްކޮށްފި އެވެ.

ބްލެކް ސްޓޯން އިނީޝިއޭޓިވްގެ ނަމުގައި ހިންގާ މި ޕްރޮޖެކްޓް ތައާރަފުކޮށްދެއްވާފައި ވަނީ ދެ ހަރަމާ ބެހޭ އިދާރާގެ ރައީސް ޝައިޚް އަބްދުލްރަހްމާން ބިން އަބްދުލް އަޒީޒް އަލް ސުދައިސް އެވެ.

ސައޫދީ އަރަބިއާގެ އެޖެންސީ ފޯ އެގްޒިބިޝަންސް އެންޑް މިއުޒިއަމްސްއާއި ޔުނިވާސިޓީ އޮފް އުއްމު އަލްގުރާގެ ދަށުން ހިންގާ އިންސްޓިޓިއުޓް ފޯ ހައްޖު އެންޑް އުމްރާ ރިސާޗްއާ ގުޅިގެން ހިންގާ މި ޕްރޮޖެކްޓުގެ މައިގަނޑު މަގުސަދަކީ، "ވާރޗުއަލް ރިއޭލިޓީ" މެދުވެރިކޮށް ހަޖަރުލް އަސްވަދުގައި އަތްލުމުގެ އިހުސާސް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެވެސް ކުރެވުމެވެ. ޑިޖިޓަލް ހަޖަރުލް އަސްވަދު އިފްތިތާހުކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޝައިޚް ސުދައިސް ވިދާޅުވީ، ދީނުގެ ތާރީޚާގުޅޭ ތަންތަނާއި އެއްޗެހި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޑިޖިޓަލްކުރަން ޖެހޭ ކަމަށެވެ.

ހަޖަރުލް އަސްވަދަކީ މާތްﷲގެ އަމުފުޅަށް ގެފުޅު ބިނާކުރެއްވި އިބްރާހިމްގެފާނަށް، ސުވަރުގެއިން ޖިބްރީލްގެފާނު މެދުވެރިކުރައްވައި ގެނެސްދެއްވި ހިލަކޮޅެކެވެ. މިހާރު އޮތް ގޮތަށް ހިލަކޮޅުތައް އަތުރައި، އެ އޮތް ތަނުގައި ބާއްވާފައި އެ ވަނީ ކީރިތި ރަސޫލާގެ އަތްޕުޅުންނެވެ.