Last Updated: March 29, 06:02
Friday, March 29, 2024
ޚަބަރު

އޭސީސީގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ހުސްވެފައިވާ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އޭސީސީގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އެ ކޮމިޝަނުގެ މެންބަރަކު އިސްތިއުފާ ދެއްވުމުންނެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ 30 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޑިސެންބަރު 29 އަދި 30 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އަދި ރައީސް އޮފީހުގެ ވެބްސައިޓުން ފޯރމާއި އިޤްރާރު ޑައުންލޯޑް ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން މައުލުމާތުދެއެވެ.

އޭސީސީގެ ދެ މެމްބަރަކު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އެ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށުމުންނެވެ. މިވަގުތު އޭސީސީގެ މެމްބަރުންގެ ގޮތުގައި ތިބީ މަރިޔަމް ޝިއުނާ، ފާތުމަތު އަނޫލާ، އަދި އައިޝަތު އަބްދުﷲއެވެ. އެ މެމްބަރުންވެސް ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައިވާއިރު އެ މައްސަލައިގައި ޖަވާބުދާރީވުމަށް އެފަރާތްތަކަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ނިންމާފައެވެ.